މުސްލިމުންގެ ބިމުން ޔަހޫދީ ދައުލަތެއް އުފަންކުރުމަކީ ހައްލެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީޙުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހްމީ ވިދާޅުވެއްޖެއެވެ.

އަލްހާން ފަހްމީ މިހެން ވިދާޅުވެފައި މިވަނީ މުސްލިމުންގެ މުޤައްދަސް ބިމެއްކަމަށްވާ، ފަލަސްތީނުގެ ބިމުގައި ޔަހޫދީ ދައުލަތެއް ޤާއިމްކުރުމަކީ ފަލަސްތީނާއި އިސްރާއީލުގެ މައްސަލައަށް އޮތް ހައްލުކަމަށް ވިދާޅުވެ، ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ރައްދުދެއްވަމުންނެވެ.

ރައީސް ނަޝީދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަލަސްތީނާއި އިސްރާއިލާއި ދެމެދު އުފެދިފައިވާ މައްސަލަތައް ހައްލުކުރެވޭނީ ފަލަސްތީނުގެ ބިމުގައި އިސްރާއިލަށްވެސް ދައުލަތެއް ޤާއިމްކުރެވިގެންކަމަށެވެ.

ރައީސް ނަޝީދުގެ އެވާހަކަފުޅަށް ރައްދުދެއްވަމުން އަލްހާން ވަނީ ރައީސް ނަޝީދާ ސުވާލެއް ކުރައްވާފައެވެ، އެގޮތުން ރައީސް ނަޝީދު ވިދާޅުވަނީ މުސްލިމުންގެ ބިމުން ޔަހޫދީ ދައުލަތެއް އުފަންކުރުމަކީ ހައްލެއް ކަމަށްތޯ، އަލްހާން ސުވާލުކުރައްވާފައިވެއެވެ.

އަލްހާން ވިދާޅުވީ ފަލަސްތީނުގެ ބިމުގައި އިސްރާއީލަށް ދައުލަތެއް ޤާއިމްކުރުމަކީ ހައްލެއް ނޫންކަމަށެވެ. އަދި ޔަހޫދީން މުސްލިމުންގެ ބިމުން ފައިބަން ޖެހޭކަމަށާއި، ބައެއްގެ ބިން ފޭރިގަނެގެން ދައުލަތެއް ނުއުފެއްދޭނެކަމަށް އަލްހާން ވިދާޅުވިއެވެ.



ފަލަސްތީނުގެ މައްސަލައިގައި ރާއްޖެއާއި ދުނިޔޭގައި ވެސް ގިނަ ބަޔަކު އެޤައުމާއި އެއްކޮޅަށް ވާހަކަ ދައްކަމުންދާއިރު އަދި އިސްރައީލުގެ އަމަލުތައް ކުށްވެރިކޮށް ފަލަސްތީނުގެ މިނިވަން ކަމަށް ގޮވާލަމުންދާއިރު ދިވެހިންގެ ތެރޭގައި އެއްވެސް އިރަކު އިސްރާއީލަށް ފަލަސްތީނު ބިމުން ޖާގަ ދިނުމަށް ގޮވާލާފައެއް ނުވެއެވެ. އޭގެ ބަދަލުގައި ފޭރިގެންފައިވާ މުސްލިމުންގެ ބިންތަކުން ޔަހޫދީން ފޭބުމަށް ކެނޑިނޭޅި ދިވެހިން ދަނީ ގޮވާލަމުންނެވެ. ނަމަވެސް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، މަޖިލީޙުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވަނީ ފަލަސްތީނުގެ ބިމުގައި އިސްރާއީލްގެ ދައުލަތެއް ޤާއިމްކުރުމަށް ގޮވާލައްވާ ވާހަކަދައްކާފައެވެ.

ފަލަސްތީނުގެ ބިމުގައި ޔަހޫދީ ދައުލަތެއް ގާއިމުކޮށް އިސްރާއީލުގެ ނަމުން ނަންދީ އެއީ ގައުމެއް ކަމުގައި ބަލައިގަތީ ހުޅަނގުގެ ޔަހޫދީ ދައުލަތްތަކުންނެވެ. އދ. ގައި އެމީހުން ވަކާލާތު ކުރަނީ ފަލަސްތީނުގެ ބިމުގައި އިސްރާއީލުން ބޭނުންވާ ވަރަކަށް ބިން ކަނޑައިދީ ވަކި ދައުލަތެއް ހަދައިދީ އެސައުލަތް އެންމެން ވެސް ބަލައިގަތުމަށެވެ. އެކަން އެމީހުން ބޭނުންވާ ގޮތަށް ކުރިނަމަވެސް ފަލަސްތީނު މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެ އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް އަރައި އެބިންތައް ފޭރެމުން ގެންދާ މައްސަލައަކަށް އެއްވެސް ހައްލެއް ހޯދައިދެވިފައެއް ނުވެއެވެ. ޔަހޫދީންގެ ތައީދާއެކު ފަލަސްތީނުގެ އިތުރު ބިންތައް ހިފައި ޔަހޫދީން ވަޒަންވެރިކޮށް ފަލަސްތީނުގެ ރައްޔިތުން މަރާފައިވެސް އިސްރާއީލުން މިހާރު ބޭނުންވަނީ ގުދުސް އެމީހުންގެ ވެރިރަށް ކަމުގައި ހަދާށެވެ. މިކަމަށް އެމެރިކާއާއި ހުޅަނގުގެ ބައެއް ގައުމުތަކުން ވެސް ވަނީ ތާއީދުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން