ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ބަޔަކު ފިހިއްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ އއ. މަތިވެރިން ފަތުރުވެރިން ގޮވައިގެން އެކްސްކާޝަނަށް ދިޔަ ލޯންޗެއްގައެވެ. މިހާދިސާގައި 2 ފަތުރުވެރިއަކާއި ލޯންޗުގެ ކައްޕި ފިހިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގީ ލޯންޗުގެ ޕެޓްރޯލް ޓޭންކުގައި އަލިފާން ރޯވެގެންނެވެ.

އަލިފާނުގެ ހާދިސާ ހިނގި ލޯންޗު އުކުޅަހުގައި މިހާރު އޮތްއިރު، އެހާދިސާގައި ފިހުނު މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށާއި އެމީހުންގެ ހާލު ރަނގަޅުކަމަށް މައުލޫމާތު ލިބެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން