މިދިޔަމާޗުމަހު އެންދަމަން ނުކުމެ އޮތް ދޯންޏެއްގެ ތެރޭގައި ދެ ބިދޭސީއެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި މީހަކު މަރުވި މައްސަލައިގައި ދައުވާ އުފުލައިފިއެވެ.

މިއީ މިދިޔަ މާޗުމަހުގެ 7 ވަނަ ދުވަހުގެެރޭ ދ. މީދޫ "ޖިހާދު" ދޯނީގައި ހިނގި މާރާމާރީއެކެވެ. ދެ ބިދޭސީއެއްގެ ދެމެދުގައި ހިންގި މި މާރާމާރީގައި ތޫނުއެއްޗަކުން ހަމަލާދިނުމުން ޒަޚަމްވި ބަންގަލަދޭޝް ރައްޔިތެއް ވަނީ ތ. އަތޮޅު ވޭމަންޑޫގައި ހުންނަ އެއަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މާޗުމަހުގެ 8 ވަނަ ދުވަހު މަރުވެފައެވެ.

މި މައްސަލާގައި ފުލުހުން ހައްޔަރުކޮށް، ދައުވާ އުދުލާފައިވަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ އުމުރުން 42 އަހަރުގެ މުހައްމަދު މަސްއޫދުގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ "ޖިހާދު" ދޯނީގައި މަސައްކަތް ކުރި މުހައްމަދު ޝާހީނަށް ހަމަލާދީ އޭނާ މަރާލި މައްސަލާގައި ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާއެވެ.

މިމަހުގެ ކުރީކޮޅު މިމައްސަލަ ކޯޓަށް ހުށަހަޅާފައިވާކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން