ދައުލަތުގެ އެކި މަޤާމުތަކުގައި ތިއްބެވި މީހުންގެ ތެރެއިން އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުން މަގާމްތަކުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތުކުރާ މީހުންގެ ލިސްޓުގެ މައްސަލަ ދިރާސާކުރުމަށް އެކުލަވާލި މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީއާއި، ޖުޑީޝަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ރިޕޯޓްގައި ކަނޑައަޅާފައިވާ ގޮތުގެ މަތީންނެވެ.

މި ރިޕޯޓް މަޖިލީހުން ފާސްކުރީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 45 މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުން މިއަދު ފާސްކުރި ރިޕޯޓްގައި އެމްއެމްޕީއާރް.ސީގެ ވައްްކަމާއި ޚިޔާނާތުގެ މައްސަލައިގެ ތަޙްޤީޤު ލަސްވެފައިވާކަން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން މި މައްސަލައިގެ ތަޙްޤީޤު އަވަސްކުރުމަށް އެސެޓް ރިކަވަރީ ކޮމިޝަންގައި ދެންނެވުމަށް ފެންނަކަމަށް ވެސް ރިޕޯޓްގައި ހިމަނާފައިވެއެވެ.

މީގެ އިތުރުން އެމް.އެމް.ޕީ.އާރް.ސީގެ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، މިހާތަނަށް ތަޙްޤީޤު ނިމިފައިވާ ފަރާތްތަކުގެ އަތުން އެފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދައުލަތުގެ ކަމާގުޅުންހުރި އިދާރާގައި ދެންނެވުމަށް ރިޕޯޓުގައިވެއެވެ. އަދި މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްސަލަތައް ތަޙްޤީޤުކުރާއިރު، އެފަރާތްތަކާމެދު އެވަގުތަކު އެޅެންހުރި މުހިއްމު ފިޔަވަޅުތައް އެޅުމަށް ފެންނަކަމަށާއި، އެގޮތުން ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން ދައުލަތުގެ މަޤާމުތަކުގެ ތެރެއިން ވަކިކުރެވޭނެ ފަރާތްތައް އެވަގުތަކު ހުރި މަޤާމަކުން ވަކިކުރުމަށް ފެންނަކަމަށްވެސް މަޖިލީހުން ފާސްކުރެއްވި ރިޕޯޓްގައި ހިމަނާފައިވެއެވެ.

މި ރިޕޯޓުގައި ދިވެހިރާއްޖޭގައި ފައިނޭންޝަލް ކްރައިމްސް ގިނަވަމުންދާކަން ފާހަގަވާތީ، ފައިނޭންޝަލް އިންވެސްޓިގޭޝަންގެ ދާއިރާއިން މީހުން ތަމްރީނުކުރުމަށް އިސްކަން ދިނުމަށް ވެސް ހުށަހަޅާފައިވެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު މީހުން މަގާމުތަކުން ވަކިކުރަން ސަރުކާރަށް ދެންނެވުމަށް މަޖިލީހުން ފާސްކުރިޔަސް، ސަރުކާރުން ވަނީ އެކަމުގައި އަމަލުކުރާނެ ގޮތެއް ނިންމާފައެވެ. އެގޮތުން ވަޒީފާތަކުގައި ތިބި މީހުންނަށް ފިޔަވަޅު އެޅުމާ މެދު ގޮތެއް ނިންމާނީ ތަހުގީގަށް ފަހުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ ޖުޑީޝިއަރީ ކޮމެޓީއާއި ސަލާމަތީ ކޮމެޓީ ހިމެނޭ ސަބް ކޮމެޓީން ދިރާސާކޮށް އެކުލަވާލި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ރިޕޯޓާއެކު ހިމެނޭ ލިސްޓުގައި 281 ބޭފުޅެއްގެ ނަން ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި 119 ބޭފުޅަކާއި އެމްޑީޕީއާ ޕީޕީއެމަށް ނިސްބަތްވާ މިހާރުގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 16 މެމްބަރަކުވެސް ހިމެނެ އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިިސްޓުގައި ހިމެނުނު ދައުލަތުގެ އިސް ބޭފުޅުންގެ ތެރޭގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ޕްލޭނިންގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީންގެ ނަން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު


14

ހަސަނު

24-May-2021

ބަލަ ތިޔަހެން ވީމައޭ އަހަރުމެންނަށް ކިޔެނީ ތިޔަތާ ތިބީ ހުސް މަރުމޯލުންނޭ. އަހަރުމެންގެ ދީނާ، ޤާނޫނު އަސާސީ ތަހްޒީބު ދުނިޔޭގެ އެންމެން ޤަބޫލު ކުރަނީ ތުހްމަތަކަށް، ޝައްކަކަށް، އަރާ ވަޔަކަށް ބަޔަކަށް އަދަބު ޙައްޤު ނުވާ ކަމަށެވެ. އަދި މައިވެސް އެކުށުގައި ބެދިފައިވާ ފަސްމާ ވަގެއްގެ ބަހަށެވެ. ޗަކޮޔާ ތީތި ކަޑައޭ!!!



ޓްރެންޑިން