އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހުމަދު އައްސަދު
އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހުމަދު އައްސަދު
ރައްޔިތުންގެ މަޖިލީހުގެ މެމްބަަރަކަށް ރައްދުދޭން ބޭނުންނުވާ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހުމަދު އައްސަދު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަން ގާނުނާ ހިލާފުވެފައިވާ ކަމަށް މަޖިލީހުގެ ވިލިމާލޭގެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން އެސެޓް ރިކަވަރީ ކޮމިޝަންގެ މަަސައްކަތްތަކަށް އެމްޑީޕީގެ ބައެއް މެމްބަރުންވެސް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެކަމާ ގުޅިގެން "ރަސްއޮންލައިން" އަށް ދެއްވި އިންޓަވިއު އެއްގައި އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހުމަދު އައްސަދު ވިދާޅުވީ، މަޖިލީހުގެ މެމްބަރުން ދައްކާ ވާހަކަތަކަށް ރައްދުދޭން ބޭނުން ނުވާ ކަމަށެވެ.

"ނޫން ނޫން އަޅުގަނޑު އެއްވެސް ކޮމެންޓެއް ނުދޭނަން އެބޭފުޅުން އެ ދައްކާ ވާހަަކައަކަށް، ރައްދު ދޭން ފަށައިފިއްޔާ ރައްދު ދީ ނުނިމޭނެ، އެބޭފުޅުން އެ ދައްކާ ވާހަކަ އެއް ދައްކަވާފާނެ." އައްސަދު ވިދާޅުވިއެެވެ.



ކޮވިޑްގެ ހާލަތުގެ ސަބަބުން ކޮމިޝަންގެ މަސައްކަތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވަމުން އައްސަދު ވިދާޅުވީ، މި ހާލަތުގައި ކޮމިޝަނަށް މީހުން ހާޒިރުކުރުމުގައި ވަރަށް ބޮޑެތި ދަތިތަކެއް އެބަހުރި ކަމަށާއި، ކޮމިޝަންގެ މަސައްކަތް ލަސްވެގެން ވާހަކަ ދައްކާއިރު މިހާލަތަށް ރިއާޔަތްކުރަންޖެހޭނެ ކަމަށެވެ.



"އެހެން ތަންތަނަށްވުރެ މީހުން ހާޒިރުކުރުމުގައި ގޮންޖެހުން ބޮޑު. ކޮމިޝަނަށް ހާޒިރުވާން ބޭނުން ނުވާ މީހާ ބަހަނާ އަކަށް މި ދައްކަނީ ކޮވިޑް، 10 މީހުން ތިބިއްޔާ 3 މީހުން މި ތިބެނީ ކަރަންޓީނުގައި ނޫނީ އައިސޮލޭޝަންގައި ބަލާލަންޖެހޭ މަސައްކަތް ކުރަން މި ލިބެނީ ކިހާ ވަގުތެއްތޯ، އަނގަތެޅިދާނެ، މި ހާލަތަށް ރިއާޔަތްކުރާ އެއްވެސް ބޭފުޅަކު ނޫޅުއްވާ." ވަރަށް ހިތްހަމަނުޖެހުމާއެކު އައްސަދު ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ދިރާސާކޮށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ސަބް ކޮމިޓީން އެކުލަވާލި ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ކުރި ބަހުސްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަންގެ މަސައްކަތްތައް އެކަށީގެންވާ ގޮތަށް ކުރިއަށް ނުދާ ކަމަށެވެ. ލިސްޓުގައި 281 ބޭފުޅުން ހިމެނޭއިރު އޭގެތެރެއިން 176 ބޭފުޅެއްގެ ފުރިހަމަ މައުލޫމާތުތައް އަދިވެސް ކޮމިޝަނަށް ހޯދިފައި ނުވާތީ ބައެއް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އެގޮތުން އެ މައްސަލަ ރަނގަޅަށް ތަހުގީގު ނުކުރެވުނު ތަނުގައި ދައުލަަތަށް ގެއްލުނު އެންމެ އެސެޓެއްވެސް އަނބުރާ ހޯދިފައި ނުވާކަމަށް ބައެއް މެމްބަރުން ވިދާޅުވިއެވެ. މަޖިލީހުގެ މެމްބަރުން ވަނީ ކޮމިޝަންގައި މިހާރު ތިބި މެމްބަރުން ލައިގެން ދައުލަތުން ގެއްލުނު އެއްވެސް ފައިސާ ހޯދޭނެކަމުގެ ޔަގީންކަން ނެތް ކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން