ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާކަމުގެ ތުޙުމަތުގައި ރޭ ހައްޔަރުކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިދީފިއެވެ.

ފުލުހުން ބުނީ ހަރުކަށި ފިކުރު ފެތުރުމުގަައި އިސްކޮށް ހަރަކާތްތެރިވާކަމުގެ ތުހުމަތުގައި މާލެއިން ރޭ ހައްޔަރު ކޮށްފައިވަނީ 49 އަހަރުގެ ދިވެހި ފިރިހެނެެއް ކަމަށެވެ. ރޭ ހައްޔަރުކޮށްފައިވަނީ ހއ. މޮޅަދޫއަށް ނިސްބަތްވާ އަބްދުﷲ އަލީ މަނިކު ނަމަކަށްކިޔާ މީހެކެވެ.



އޭނާ ހައްޔަރުކުރަން ފުލުހުން ހޯދި ކޯޓް އަމުރުގައި ބުނެފައިވަނީ އޭނާ އަކީ ދީނީ ހައްދުފަހަނައަޅާފައިވާ ފިކުރެއް ކުރިއެރުވުމަށް މާލޭ ސިޓީ ސަރަހައްދުގައި ވަކި ޖަމާއަތް ހަަދައިގެން ނަމާދުކޮށް އިސްލާމް ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމަށް ހިތްވަރުދޭ ކްލާސްތައް ބާއްވާ މީހެއް ކަމަށެވެ. އަދި ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތްކޮށް ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ 18 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާފައިވާ ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކޮށް ޖިހާދުގެ ނަމުގައި ރާއްޖެއިން ބޭރުގެ އެކި ގައުމުތަކުގައި ހިނގާ ދާހިލީ ހަނގުރާމަތަކަކީ ސަބަބުވެރި އަމަލެއްކަމުގައި ދައްކުވައިގެން ރާއްޖެއިން ޖިހާދު ކުރުމަށް މީހުން ފޮނުވާ ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެއެެވެ.

މީގެ އިތުރުން ޖިހާދަށް މީހުން ފޮނުވަން ރެކްރޫޓްކޮށް ދިވެހިރާއްޖޭގައި ހަަރަކާތްތެރިވާ ދީނީ ހަރުކަށި ފިކުރުގެ ފަރާތްތަކުން ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ޓެރަރިޒަމްގެ ހަމަލާއެއް ރާވަމުންދާ ކަމުގެ ތުހުމަތުވެސް އޭނާގެ މައްޗަށް ކުރެވޭކަން ކޯޓު އަމުރުން ވަނީ ހާމަވެފައެވެ.

ފުލުހުން ރޭ ހައްުޔަރުކޮށްފައިވަނީ ރައީސް މައުމޫންގެ ވެރިކަމުގެ ދުވަސްވަރު ހިމަންދޫގައި ހިނގި ހަމަނުޖެހުމުގައި ބައިވެރިވި މީހެކެވެ. އޭނާ ވަނީ ބަންދުގައި ހުއްޓައި މީގެކުރިން ޖަލުން ފިލައިވެސް ފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން