ކޯވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު އަނެއްކާވެސް މިއަދު ނިޔާވެއްޖެއެވެ.

މިއީ ކޯވިޑް ޖެހިގެން މިއަދު ނިޔާވި 7 ވަނަ މީހާއެވެ.

ކޯވިޑް ޖެހިގެން މިއަދު 7 ވަނަ މީހަކު ނިޔާވެފައިވާއިރު، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ ޢުމުރުން 63 އަހަރުގެ ދިވެހި އަންހެނަކާއި، 51 އަހަރުގެ އިންޑިއާ ފިރިހެނެކާއި، 66 އަހަރުގެ ދިވެހި އަންހެނަކާއި، ލ އަތޮޅު ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ ދެ މީހަކާއި، އައިޖީއެމްއެޗް އީއާރުގައި ފަރުވާ ދެމުންދިޔަ 73 އަހަރުގެ ދިވެހި ފިރިހެނެއް ވެސް ވަނީ މިއަދު ނިޔާވެފައެވެ.

މިއާއެކު މިމަހުގެ ތެރޭގައި މިބަލީގައި ނިޔާވި މީހުންގެ އަދަދު މިވަނީ 39 އަށް އަރާފައެވެ. އެޗްއީއޯސީން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގައި މިވަގުތު ނަގާ ކޮންމެ ފަސް ސާމްޕަލަކުން 3 މީހުން ދަނީ ބައްޔަށް ފޮޒިޓިވް ވަމުންނެވެ.

ރާއްޖޭގައި ކޮވިޑް ބަލީގައި މަރުވެފައިވާ ޖުމުލަ 112 މީހުންގެ ތެރޭގައި ހިމެނެނީ 100 ދިވެހިންނާއި 12 ބިދޭސީންނެވެ. ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން