ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަގެ ގެވެށި އަނިޔާގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.

އީސަގެ ގެވެށި އަނިޔާގެ މައްސަލައެއް ރޭ ފުލުހަށް ހުށަހަޅާފައިވާއިރު، އެމައްސަލަ ހުށަހަޅާފައިވަނީ އޭނާގެ އަނބިކަނބަލުން އަދި ނާއިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅު އަސްރާ ނަސީމްކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން އީސަގެ ފަރާތުން އަނިޔާ ލިބިގެން އަސްރާ ނަސީމް ވަނީ ރޭ އައިޖީއެމްއެޗުން ފަރުވާވެސް ހޯދާފައެވެ.

މެމްބަރު އީސަގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވީނަމަވެސް، އީސަ ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގުކުރަށްވާފައެވެ.

ފުލުހުން ބުނީ ގެވެށި އަނިޔާގެ މައްސަލައެއް ރޭ ހުށަހެޅުނުކަމަށެވެ. ނަމަވެސް އެ އެމައްސަލައިގައި ހިމެނޭ ފަރާތެއްގެ އެއްވެސް ތަފްސީލެއް ނުދެއެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ޚުރާފަތު

20-May-2021

މިފެއްނަނީ މިމީހުންގެއަސްލުސިފަ ކީކޭދެންބުނާނީ ނުވާނެ އެތްބަހެއް ވަރައްބާރައް އަނގަޔައް ބާރުލާފަ ބުނުއްވާނެ ތީސިޔާސީގޮތުން އަގުވައްޓާލަންވެގެން ބަޔަކުހަދާގެންދައްކާވާހަކައޭ


5

ޚުރާފަތު

20-May-2021

މިފެއްނަނީ މިމީހުންގެއަސްލުސިފަ ކީކޭދެންބުނާނީ ނުވާނެ އެތްބަހެއް ވަރައްބާރައް އަނގަޔައް ބާރުލާފަ ބުނުއްވާނެ ތީސިޔާސީގޮތުން އަގުވައްޓާލަންވެގެން ބަޔަކުހަދާގެންދައްކާވާހަކައޭ



ޓްރެންޑިން