އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ކުރެވުނު މަސައްކަތްތަކަށް އެޅުނު އެންމެ ބޮޑު ހުރަހަކީ މިނިސްޓަރު އައިމިނަތު ޝައުނާ ކަމަށް ކުރީގެ ސައިންސް އެންޑް ޓެކްނޮލެޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.

މަސްއޫލިއްޔަތު އަދާނުކުރާ ކަމަށް ބުނެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާ މަގާމުން ބޭރުކޮށްފައިވާ މަލީހު ވިދާޅުވީ އިންޓަނެޓް އަގުހެޔޮކުރުމުގެ މަސައްކަތް މިނިސްޓަރު ޝައުނާ ކުރައްވާނެ ކަމަށެވެ. އެކަމާ ޝައްކު ނުކުރައްވާ ކަމަށް މަލީހް ވިދާޅުވިއެެވެ. އިންޓަނެޓް އަގުހެޔޮ ކުރުމަށް ކުރަންޖެހޭ މަަސައްކަތް ޖޫން 19، 2019 ގައި އޭނާގެ މިނިސްޓަރު ކަމުގައި ނިންމާފައިވާ ކަމަށް މަލީހް ވިދާޅުވިއެެވެ. ދެން އޮތީ ބަޓަނަކަށް ފިއްތާލާ އަގުހެޔޮ ކުރަން ނިންމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"19 ޖޫން 2019ގައި ނިިއްމާފައި ހުރި މަސައްކަތް، ބަޓަނަކަށް ފިއްތާލައި އަގު ހެޔޮ ކޮށްލަންވީ." މަލީހު ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ އިންޓަނެޓް އަގު ހެޔޮކުރުމަށް ކުރެވުނު މަސައްކަތަށް އެޅުނު އެންމެ ބޮޑު ހުރަހަކީ ޝައުނާ ކަމަށް މަލީހު ވިދާޅުވިއިރު ޝައުނާ އޭރު ހުންނެވީ ރައީސް އޮފީހުގެ ފޮލިސީ ސެކްރެޓަރީ ކަމުގެ މަގާމުގައެވެ. ވަޒީރުގެ މަގާމަށް ވަޑައިގެން ޝައުނާ މިހާރު ވިދާޅުވަނީ އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މަލީހު އިތުބާރު ގެއްލުމުގައި ކުރިމަތިވި މައްސަލަތަކުގެ ތެރޭގައި އިންޓަރނެޓްގެ އަގުހެޔޮކުރަން އެކަށީގެންވާ މަސައްކަތް ނުކުރުން ހިމެނޭ ކަމަށް ކުރީން ގިނަ ބަޔަކު ހީކުރި ނަމަވެސް ފަހުން އެނގުނީ އެއީ މަލީހަށް ވުރެ މަތީން ހިނގަމުން އަންނަ ކަމެއް ކަމެވެ. މަލީހު މަގާމުން ވަކިކުރިތާ ތިންމަހަށް ވުރެ ގިނަ ދުވަސްވީއެވެ. ނަމަވެސް އިންޓަރނެޓުގެ އަގަށް ހެއުބަދަލެއް އަދިވެސް ނާންނާތީ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

އިންޓަރނެޓްގެ އަގު ހެޔޮކޮށް ފެންވަރު ރަނގަޅު ކުރުމަކީ ރައީސް ޞޯލިހުގެ ވަޢުދުފުޅެވެ. ނަމަވެސް ފަހުން ސަރުކާރުން ބުނީ އިންޓަނެޓްގެ އަގު ހެއުކުރާނީ 2023 ގައި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


5

ކިނބޫ

24-May-2021

އެއީ ކަމަނާއެއްތަ އެއީ އައުގުރާނަ ގޮވަމުން މަގުމަތީގަ ދުވަން އޮތް ރަންޑިއެއްނު. އެއީ މީހުންތަ? މި ސަރުކާރުގެ ވަޒީރުންގެ މަޖިލިސް ފެނި އަހަރުމެން ލަވަނީ ހޮޑު.


-1

ާހަ ހަ ހަ

28-May-2021

ކޮންމެ މީ ހަކު މިނިސްޓަރ ވުމުން އަގު ހެޔޮ ކުރަނީ އަގުހެޔޮ ވާ ތަނެއް ނުފެނޭ ވީމާ ޒިންމާދާރުނުވޭ ކަމައް ރައްޔިތުންނިން މާނީ ވ މާ ބޭ ކާރު ވާހަކަ ދިގު ނުކޮއް އިސްތިއުފާ ދެއްވާ



ޓްރެންޑިން