ނިރުބަވެރިކަމާއި ދެކޮޅަށް ބ. އަތޮޅު ދަރަވަންދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ ނިރުބަވެރިކަމާއި ދެކޮޅަށް ބ. އަތޮޅު ދަރަވަންދޫގައި ފުލުހުންގެ ހިންގާ އޮޕަރޭޝަނެއް ކުރިއަށްދާ ކަމަށެވެ. އެއޮޕަރޭޝަންގައި މިރޭ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި ފުލުހުން ބުނެ އެވެ. މި އޮޕަރޭޝަންގައި ފުލުހުން ވަނީ ބައެއް ގެތައް ބަލައި ފާސްކޮށްފައެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު ފުލުހުން ވަނީ ނިރުބަވެރިން ހޯދުމަށް އާ ހިތްވަރަކާއެކު އަތްފުނާއަޅަން ފަށާފައެވެ. މި އޮޕަރޭޝަން ތަކުގައި މިހާތަނަށް އައްޑޫ ސިޓީއާއި މާލެއިން ވެސް ވަނީ ބަޔަކު އަތުލައިގެންފައެވެ. މީގެ ހަތަރު ދުވަސް ކުރިން އައްޑޫ ސިޓީގައި ނިރުބަވެރިކަމާއި ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި ހަތް މީހަކު ހައްޔަރުކޮށްފައި ވެއެވެ. އަދި މާލޭގައި ރޭ ހިންގި އެފަދަ އޮޕަރޭޝަނެއްގައި ހަރުކަށި ފިކުރުގެ ބޮޑެއް ވަނީ ހައްޔަރުކޮށްފައެވެ.

ރާއްޖޭގެ ސަލާމަތީ ބާރުތަކުން ބުނަނީ ރާއްޖޭގައި ނިރުބަވެރި ހަމަލާތައް ރާވާ ހިންގުމުގައި ހަރުކަށި ފިކުރުގެ މީހުން އިސް ދައުރެއް އަދާކުރާ ކަމަށެވެ. އެގޮތުން ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތުހުމަތުގައި ހައްޔަރުކުރި މީހުންނަކީވެސް ހަރުކަށި ފިކުރުގެ މީހުންނާ ގުޅުންހުރި ބައެއް ކަމަށް ފުލުހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން