ބަލިޖެހިފައިވާ މީހަކާ ކޮންޓެކްޓް ވެގެން ކަރަންޓީނުގައި ހުންނައިރު 14 ދުވަސް ހަމަވުމުގެ ކުރިން ޓެސްޓެެއް ހަދައި ނެގެޓިވް ނަތީޖާ ލިބުމުން ބައެއް މީހުން ބޭރުގައި އުޅޭކަން ފާހަގަކުރެވޭ ކަމަށް ޑރ. ނަޒްލާ މުސްތަފާ މިރޭ ވިދާޅުވެއްޖެއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ( އެޗްއީއޯސީ) މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، ކަރަންޓީނުގައި ތިބޭ ބައެއް ފަރާތްތަކުން 14 ދުވަސްވުމުގެ ކުރިން ޕީސީއާރު ޓެސްޓެއް ހެދުމަށްފަހު ނެގެޓިވް ނަތީޖާ ލިބުމުން ބޭރަށް ނުކުމެ އުޅޭކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންނަމަވެސް އެއީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި 14 ދުވަސް ތެރޭގައި އެމީހާއަށް ބަލިޖެހުުމުގެ ފުރުސަތު އޮތުމުން އެމީހާގެ ސަބަބުން މުޖުތަމައު ތެރޭގައި ބަލި ފެތުރޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެހެންކަމުން ކަރަންޓީނު 14 ދުވަސް ފުރިހަމަކުރުމަށާއި ކަރަންޓީނު މުއްދަތުގެ ތެރޭގައި ބޭރަށް ނިކުމެ ނޫޅުމަށް ޑރ. ނަޒްލާ ވަނީ އިލްތިމާސްކުރައްވާފައެވެ.

"މިހާރު އެބަ ފާހަގަކުރެވޭ ކަރަންޓީނުގައި ތިބޭ މީހުން ކޮންޓެކެޓުން ސާމްޕަލް ދީފައި މާލޭގައާއި ރަށްރަށުގައި ވެސް ބޭރަށް ނުކުމެ އެކި މީހުންނާއި ބައްދަލުވެފައިވާކަން، ކަރަންޓީނުގެ މާނައަކީ 14 ދުވަހު ކަރަންޓީނުގައި ހުރުމަށްފަހު ސާމްޕަލް ނަގައި ނެގެޓިވް ނަތީޖާ ލިބުމުން އެކަނި ނުކުތުން، ބައެއް މީހުން ހަދާގޮތަކީ 14 ދުވަސް ހަމަނުވަނީސް ޓެސްޓެއް ހަދާލާފައި އެބަ ބޭރަށް ނިކުމޭ 14 ދުވަސް ތެރޭގައި އޮންނާނެ ރިސްކެއް ޕޮޒިޓިވްވުމުގެ، އަބަދުވެސް ވިސްނަންވާނެ ތިމާގެ ފަރާތުން ބަލި ފެތުރުނަ ނުދިނުމަށް." ނަޒްލާ ވިދާޅުވިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބުނީ ކަރަންޓީނުގައި ހުންނައިރު ދެ ފަހަރަށް ސާމްޕަލް ނެގުމުގެ މާބޮޑު މާނައެއް ނެތްކަމަށެވެ. އެހެން ނަމަވެސް ކަރަންޓީނުގައި ހުންނައިރު ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް އެކަން އެންގުމަށް އެޗްއީއޯސީ އިން ވަނީ އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ބޯގޮވައިފި

24-May-2021

ޑރ ނަޒްލާ އަށް އިނގޭތޯ ސިފައިގެ ޓެސްޓު ހަދަނީ ސެނަހިޔާއިން އެކަނި. ޕޮޒިޓިވް ވިޔަސް އެޗްޕީއޭއަކަށް ނާންގާ. އެމީހުންގެ ތަނެއްގަ ބައިތިއްބާފަ ދޫކޮއްލަނީ ނޫނީ ގެޔަށް ފޮނުވާލަނީ. ގޭ މީހެއް ވިޔަސް ރައްޓެއްސަކު ވިޔަސް ދިމާވެގެން ސިފައިގެ މީހެއްގެ މައުލޫމާތު ދިނުން މަނާ. އަމިއްލަޔަށް ކަރަންޓީނު ވަންޏާ ވާންވީ. އެޗްޕީއޭއަށް ނޭނގޭތީ ކަރަންޓިނުގަ ހުރި ކަމުގެ ލިޔުމެއް ނުލިބޭ. މަޖުބޫރުވެގެން ނެގަޓިވް ޓެސްޓަކާ އެކު ވަޒީފައަށް ނިކުމެ އުޅޭ ފަހުން އަލާމާތް ފެނިގެން ބަލާއިރު ޕޮޒިޓިވް. ކާކުތޯ ޒިންމާވާނީ? މިހާލަތުގަ ސިފައިގެ މީހަކު ޕޮޒިޓިވް ވިޔަސް އެޗްޕީއޭއަށް އިނގިފަ ދޯ އޮންނަން ވާނީ. މިހާރު ގޭގަ ބޭބެ އެ އުޅެނީ ޕޮޒިޓިވް ވެގެން. ސިފައިގެ މީހަކު ވީމަ އެޗްޕީއޭއަށް ނޭގޭތީ ގޭގަ ނޯޓިސް ނުހިއްޕާ. ގޭގަ ވަޒީފާތަކަށް ދާ އެހެން މީހުންނަށް ވަރަށް އުނދަގޫ ލިޔުން ނުލިބޭތީ. އޮފީހުން ހީކުރާނީ މަކަރުން ގޭގަ އޮތީ ކަމަށް. އަނެއްކޮޅުން ގޭގަ ތިބި ހައި ރިސްކު މީހުންގެ ކަންތަށް ބެލެން ނޯވޭ. އަަދި 14 ދުވަހު ﷲގެ ރަހުމަތުން ނުރައްކާ ކަމެއްނުވެ ސަލާމަތް ވިޔަސް ރިލީޒް ސާންޕަލް ވެސް ނުނެގޭނެތާ އެޗްޕީއޭގެ މެސެޖެއް ނެތި. މިކަމަށް ސިފައިންނާ ވާހަކަ ދައްކަވައިގެން ހައްލެއް ހޯދަ ދެއްވާ. ކޮމެންޓު ކިޔާ ބޭފުޅުން ވެސް މިވާހަކަ ޓްވީޓް ކޮއްދެއްވާފަ ނަމަވެސް ސަރުކާރުގަ ދަންނަވާ ދެއްވާ


3

ކަމަނަ

22-May-2021

ކަރަންޓާންގަ20ދުވަސް ވާާއިރުވެސް ދުލެއް ނުކުރޭ ދާއިމީބޭސްކާންޖެހޭމީހުން ރޮއި އާދޭސްކުރަނީ މިކަން ހައްލުކުރނީ ކިހިނެއްތޯ


-1

އހރނ

24-May-2021

އެހެންވާނީ. ކަރަންޓީން ލިޔުން ލިބެނީ ކީ ނޫން. މިހާރު 10 ދުވަސް ވެއްޖެ. އޮފީހުން އެހާ ޕްރެޝަރކުރޭ ލިޔުން ނުލިބިގެން. ދުވަސްކޮޅަކުން ޕޮޒިޓިވް ވެގެންވެސް ލިޔުން ނުލިބޭ ތީ އޮފީހުން ކަނޑާލަފާނެތީ ދާންޖެހޭނެ. ދެރަ ކަންކަން މި ހުންނަނީ.


3

އާދަމުގެ ދަރި

24-May-2021

ޗަހެން ގުނޭ ގުނޭ މިހާރު 50 ހަމަވަނީ. މިހޭ ގިނަ ދުވަހު ޗަކޮއި ބުންޏަކަސް ތިބެންވީތަ ހަމަ



ޓްރެންޑިން