ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އަބަދުވެސް ބޭރު ގައުމުގެތަކުގެ އެހީތެރިކަން ހޯދަމުންދާ ކަމަށާ ނަމަވެސް ކޮވިޑްގެ ކޮންޓްރޯލް ގެއްލި ހާއްސަ އެހީއަކަށް އެދިފައި ނުވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކް އަޒީޒު މިރޭ ވިދާޅުވެއްޖެއެވެ.

މަބުރޫކް މިހެން ވިދާޅުވީ ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން އެންމެ ފަހުން ބައިނަލްއަގްވާމީ އެހީތެރިކަމަށް އެދިފައިވާ ކަމަށް ބައެއް މީޑިޔާތަކުން ފަތުރާ ޚަަބަރު ދޮގުކޮށް މިރޭ ކުރެއްވި ޓުވީޓެއްގައެވެ. ރައީސް އޮފީހުގެ ތަރުޖަމާން މަބުރޫކް ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އަބަދުވެސް ދަނީ ބޭރު ގައުމުތަކާއި ބައިނަލްއަގްވާމީ މުޖުތަމައުގެ އެހީތެރިކަން ހޯދަމުން ކަމަށެވެ. ނަމަވެސް "ކޮންޓްރޯލް ގެއްލި" ހާއްސަ އެހީއަކަށް އެދިފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބުރޫކް ވަނީ ބައިނަލްއަގްވާމީ އެހީތެރިކަން ރާއްޖެއަށް ބޭނުންވާ ކަމަށާ އެހީ ހޯދުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންވެސް ގެންދާކަން ހާމަކުރައްވާފައެވެ. އަދި އެހީތެރިވެދޭ ގައުމުތަކާއެކު އެކި މަޝްވަރާތައް ހިނގަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން ކިހާރުވެ ގައުމުތަކުން ދީފައިވާ އެހީގެ ބޭނުން ކުރަމުން ގެންދާ ކަމުގައި މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑްގެ ހާލަތު ގޯސްވެ ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ހަތްސަތޭކައިން މަތީގައި ހުރުމަށް ފަހު ހަރުކަށި ފިޔަވަޅުތަކާއެކު މަޑުމަޑުން ދަށްވާން ފަށާފައިވާކަން ވޭތުވެދިތަ ދެ ދުވަހެއްގެ ތަފާސް ހިދާބުތަކުން ދައްކައެވެ. ނަމަވެސް ކޯވިޑް ފެތުރުން އަދި ކޮންޓްރޯލް ނުވާކަން ފާހަގަކުރެވެއެވެ. މީގެއިތުރުން ކޯވިޑް ކޭސްތައް މާލެއާއި އަތޮޅު ތަކުގައި އިތުރުވެގެން ދިއުމުގެ ނަތީޖާއަކަށްވީ ބަލީގައި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެގެން ދިއުމެވެ. އެގޮތުން މިހާރު ދުވާލެއްގެ މައްޗަށް ފަހެއް ނުވަތަ ހަތް މީހުން ބަލީގައި މަރުވާކަން ރެކޯޑްތަކުން ދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން