އަސްރާ ނަސީމް (އަސޫ) ފުލުހުންނަށް ބަޔާން ދެއްވުމަށްފަހު ނުކުމެވަޑައިގަންނަވަނީ
އަސްރާ ނަސީމް (އަސޫ) ފުލުހުންނަށް ބަޔާން ދެއްވުމަށްފަހު ނުކުމެވަޑައިގަންނަވަނީ
ދުވަހަކުވެސް ހީނުކުރައްވާ ކަންތައްތަކެއް ތަޖުރިބާ ކުރައްވަން ޖެހިވަޑައިގެންނެވި ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސަގެ ފަރާތުން ގެވެށި އަނިޔާއާ ކުރިމަތިވި ކުރީގެ އަނބިކަނބަލުން އަދި ނައިބު ރައީސް ފައިސަލް ނަސީމްގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު އަސްރާ ނަސީމް (އަސޫ) މިއަދު ވިދާޅުވެއްޖެއެވެ.

އަސްރާ ވިދާޅުވީ ފާއިތުވި 24 ގަޑިއިރަކީ، އޭނާއާއި ތުއްތު ދަރިފުޅަށް އުނދަގޫ އިޙްސާސްތަކެއް ކުރަންޖެހު ވަގުތުތަކެއް ކަމަށެވެ.

"ކުރިމަތިވާނެ ކަމަށް ދުވަކުވެސް ހީކޮށްފައިނުވާ ކަންތައްތަކެއް ތަޖުރިބާކުރަންޖެހުނެވެ. ނަމަވެސް މާތްﷲ ގެ ވާގިފުޅާއެކު، އަޅުގަނޑުމެން ދެމައިންގެ ޙާލުވެސް މިހާރު ރަގަނޅެވެ." އަސްރާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވިއެވެ.

އީސަގެ ފަރާތުން ލިބިވަޑައިގެންނެވި އަނިޔާތަކަށް އައިޖީއެމްއެޗުން އަސްރާ ވަނީ ފަރުވާ ވެސް ހޯއްދަވާފައެވެ.

މި އުނދަގޫ ވަގުތުގައި، ރަޙުމަތްތެރިންނާއި، ހެޔޮއެދޭ އެންމެހައި ފަރާތްތަކުން، އޭނާއަށް ދެއްވި ހިތްވަރަށްޓަކައި ހިތުގެ އެންމެ ފުންމިނުން އެފަރާތްތަކަށް އަސްރާ ވަނީ ޝުކުރު އަދާކުރަަށްވާފައެވެ.

އަސްރާ އިއްޔެ ވަނީ މިމައްސަލައާ ގުޅިގެން ފުލުހުންނަށް އީސައާއި ދެކޮޅަށް ބަޔާނެއް ދެއްވާފައެވެ. ގެވެށި އަނިޔާގެ މަައްސަލައިގައި އީސަ ހައްޔަރުކުރުމަށް އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި ގިނަ އަދަދެއްގެ އާންމުން ވަނީ ގޮވާލާފައެވެ. އެމައްސަލައިގައި އީސަ އިޖުތިމާއީ ކޮމެޓީގެ މުގައްރިރު ކަމުން ވަކިކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެެވެ.


ކިޔުންތެރިންގެ ހިޔާލު


-7

ޚކކ

24-May-2021

އަސްރާގެ ދުލުން ބުނެފަ އޮތީ ލިބުނު ކޮންއަނިޔާއެއްކަން ބުނެދީފިނަމަ ރަގަޅު


5

ކުޑަ އަލީ

22-May-2021

އެމް ޑީޕީ ކޮން މަޖިލީސް މެންބަރަކު ގޮވާލީ އީސަ ހައްޔަރު ކުރަން? މީ ރޯއަލް ގެވެށި އަނިޔާއެއް ނު


4

ރަޝީދު

24-May-2021

އަސްރާގެ ދުލުން ދެއްކި ވާހަކައެއް މި ލިޔުން ކިޔާކިޔާ ނުފެނުނު. ނޫސްވެރިޔާ އަށް ސަލާމް


7

ޢިންސާފު

24-May-2021

ޢމޑޕ އިން އީސަ ހިމާޔަތް ކުރުމަކީ މުޅި އަދުލު އިންސާފުގެ ނިޒާމަށް ފައިން އެރުން. ޢމޑޕ އަކީ އިސާފާ އިނސާނިއްޔަތަށް އިހްތިރާމް މުރާ ބައެއްނަމަ އީސަ އަށް ފިޔަވަޅު އަޅާނެ


3

ޛަގފްޔޔސސހގގބބދ

28-May-2021

ހަަައްޔަރުކުރަންމާލަސްވެެެެއްޖެ.



ޓްރެންޑިން