އެޗްއާރުސީއެމްގެ މެމްބަރުން ރައީސް އަރިހުގައި
އެޗްއާރުސީއެމްގެ މެމްބަރުން ރައީސް އަރިހުގައި
މެމްބަރު އީސަގެ މައްސަލަ ތަހުގީގުކުރަމުންދާ ގޮތް ގާތުން ބަލަމުންދާކަމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމުން ބުނެފިއެވެ.

އެޗްއާރުސީއެމުން ބުނީ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ގެވެށި އަނިޔާގެ މައްސަލަ ކަމާގުޅުންހުރި މުއައްސަސާތަކުން ތަޙުޤީޤު ކުރަމުންދާގޮތް އެ ކޮމިޝަނުން ދަނީ މޮނިޓަރ ކުރަމުންކަމަށެވެ. އަދި އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ އެ ކޮމިޝަނުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށާއި މިފަދަ އަނިޔާތައް ތަހައްމަލް ކުރާ ފަރާތްތަކުން ލަސްނުކޮށް ކަމާ ގުޅުންހުރި އިދާރާތަކަށް އެ ފަދަ މައްސަލަތައް ހުށަހަޅައި އެހީތެރިކަން ހޯއްދެވުމަށްވެސް އެޗްއާރުސީއެމުން ވަނީ އިލްތިމާސްކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސައަށް ތުހުމަތު ކުރެވޭ ގެވެށިއަނިޔާގެ މައްސަލައިގައި އޭނާ ހައްޔަރު ކުރުމަށް ކޯޓު އަމުރަކަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ކްރިމިނަލް ކޯޓުގައި މިހާރު ވަނީ އެދިފަ އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އީސަ ހައްޔަރު ކުރުމުގެ އަމުރަކަށް ފުލުހުން ޕީޖީގައި އެދުމުން، އެފަދަ އަމުރެއް ނެރެދިނުމަށް ކްރިމިނަލް ކޯޓުގައި ޕީޖީން މިހާރު ވަނީ އެދިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީގެ މުޤައްރިރު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސައަށް ތުހުމަތުކުރެވޭ ގެވެށި އަނިޔާގެ މައްސަލައިގައި އޭނާ ހައްޔަރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން ހިމެނޭ ގޮތަށް ގިނަ ޢަދަދެއްގެ ޢާއްމުންވެސް ދަނީ ގޮވާލަމުންނެވެ.

ގެވެށި އަނިޔާގެ މައްސަލާގައި އީސަ ހައްޔަރު ކުރުމަށް ގޮވާލާ އަޑުތައް ގަދަވެފައިވާއިރު، މެމްބަރު އަހުމަދު އީސަގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ބަލަން ފަށައި މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގެ މުގައްރިރުކަމުން އޭނާ ވަކިކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

އީސަ އޭނާގެ ދަރިފުޅުގެ ކުރިމަތީގައި ކުރީގެ އަނބިމީހާ އަސްރާއަށް އަނިޔާކުރުމުން އޭނާވަނީ ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗުން ފަރުވާ ހޯދާފައެވެ. އަދި އަސްރާ ވަނީ މިއީ ދުވަހަކުވެސް ތަޖުރިބާ ކުރަން ޖެހިދާނެ ކަމަށް ހީކުރި ކަމެއް ނޫން ކަމަށް ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން