މަހަކުން ބޮލުގައި ޖެހި އަނިޔާވެގެން އައްޑޫ ހޮސްޕިޓަލަށް ފަރުވާ ހޯދަން ދިޔަ މީހަކު ފްލޫ ކްލިނިކް ބަންދު ކޮށްފައި ހުއްޓާ އެތަނަށް ފަރުވާ ހޯދަން ދާން ބުނެ ހޮސްޕިޓަލުން ފަރުވާ ނުދީ މީހަކު ފޮނުވާލި މައްސަލައެއް ފަންމަތިވެއްޖެ އެވެ.

"ރަސްއޮންލައިން" އަށް މައުލޫމާތު ދެމުން އައްޑޫ މަރަދޫން ވާހަކަ ދެއްކި މަސްވެރިއަކު ބުނީ، އޭނާ މަހަށް ނުކުމެ އުޅެނިކޮށް ބޭނިމަހަކުން ބޮލުގައި ޖެހި މަހުގެ ތިން ކަށި ބޮލަށް ވަދެގެން އޭގެތެރެއިން އެއްކަށި ބޮލުން ނުނެގިގެން ފަރުވާ ހޯދަން ފުރަތަ ދިޔައީ މަރަދޫ ސިއްހީ މަރުކަޒަށް ކަމަށެވެ. ސިއްހީ މަރުކަޒަށް ދިޔައިރު ކިނިބިހި އެޅި ކެއްސާ ވަރަށް ބޮޑަށް ނޯށުން ފެން އަންނަމުންދިޔަ ކަމަށާއި، އެއީ ރޯގާގެ އަލާމަތްތައް ކަމަށްބުނެ ފްލޫ ކްލިނިކަށް ދާން ބުނުމުން، އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލުގެ ފްލޫ ކްލިނިކަށް ދިޔައިރު އެތަން ހުރީ ބަންދުކޮށްފައި ކަމަށް އޭނާ ބުންޏެވެ.

ފްލޫ ކްލިނިކުން ޚިދުމަތް ދެނީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށެވެ. ދެން ހުޅުވަނީ ރޭގަނޑު 9:00 އިން 11:00 އަށެވެ. އުމުރުން 50 އަހަރުގެ އެ މަސްވެރިޔާ ބުނީ ފްލޫ ކްލިނިކް ބަންދު ކޮށްފައި ހުރުމުން އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލަށް ދިޔުމުން ޑޮކުޓަރަށް ދައްކަން ރިސެޕްޝަނުން ހުންބަލާ ހެދުމަށްފަހު އެޕޮއިންޓްމަންޓް ދީ ނަންބަރުވެސް ދިން ކަމަށެވެ. އެހެން ނަމަވެސް އެޕޮއިންޓްމަންޓް ދިންތާ 20 މިނެޓް ފަހުން ނަންބަރު ދިން ކުއްޖާ އައިސް ޑޮކުޓަރަށް ނުދެއްކޭނެ ކަމަށާއި، ދާންޖެހޭނީ ފްލޫ ކްލިނިކަށް ކަމަށް ހޮސްޕިޓަލުން ބުނި ކަމަށް އެ މަސްވެރިޔާ ބުނެފައިވެއެވެ.



"އަޅުގަނޑު ބުނެފިން މިއައީ ފްލޫ ކްލިނިކަކަށް ގޮސްފައޭ، އެތަން ހުޅުވަނީ ރޭގަނޑު 9 ޖަހާއިރު އޭ، އަޅުގަނޑު މިހިރީ ބަލިވެގެން އިންސާނީ ޚިދުމަތް ހޯދަން އައްޑޫގެ ހުރި އެންމެ ވަރުގަދަ ހޮސްޕިޓަލަށޭ އައިސްފައި މިތަނުން އަޅުގަނޑަށް ޚިދުމަތްދޭށޭ، ޚިދުމަތް ނުދީ މިތާ ހުރެގެން އަޅުގަނޑަށް ކަމެއް ދަމެއް ދިމާވެ ކޮވިޑޭ ކިޔާފައި މަރުވެގެން ވެއްޓުނަސް ނޫހުގައި ޖަހާނެއޭ." އޭނާ ބުންޏެވެ.

އޭނާ ކިތަންމެ ވާހަކައެއް ދެއްކި ނަމަވެސް އައްޑޫ ހޮސްޕިޓަލުން ވަނީ އެ މަސްވެރިޔާއަށް ފަރުވާ ދޭން ދެކޮޅު ހަދާފައެވެ.

އެމަސްވެރިޔާ ބުނީ ފުލޫ ކްލިނިކް ތަކަކީ ސައްވީސް ގަޑިއިރު ޚިދުމަތްދޭ ތަނަކަށް ބަދަލުކުރަންޖެހޭ ކަމަށާއި، ކިތަންމެ އިމަޖެންސީކޮށް ޚިދުމަތް ހޯދަން ދިޔަނަމަވެސް އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލަށް ޚިދުމަތް ނުލިބޭއިރު މިއީ ވަރަށް ގިނަ އާންމުންގެ ޝަކުވާއެއް ކަމަށެވެ. މިމައްސަލަ އާއި ގުޅިގެން އައްޑޫ އިކްޓޯރިއަލް ހޮސްޕިޓަލުގެ ބަހެއް ލިބޭގޮތެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


1

ޢަލީ

24-May-2021

މިއައްވުރެ ވަކިން ޚިދުމަތް ދިނުމުގެ ފެންވަރު ކަޑަ ހޮސްޕިޓަލެއް ނެތޭ ބުންޏަސް ގޯހަކަށް ނުވާނެ. ޑރ.ދައްކަން އެޕޮއިންޓްމެންޓު ހައްދާއިގެން 3 މަސް ދުވަހަށްވުރެ ގިނަދުވަސް އެބަ ނަގާ


5

ޢަލިި

24-May-2021

ޙޮސްޕިޓަލް ބަންދު ގަޑިތަކުގައިވެސް މިފަދަ އިމަޖެންްސީތަކަށް އެޓެންޑު ވާންޖެހޭނެ ކޮންމެވެސް އިންތިޒާމެއް އޮންނަންވާނެ ހަމަޖެފިފަ . ޙަމައެކަނި ވޯޓް ހޯދަންވީމަޖައެއް ނޫން ރައްޔިތުން ފެންނަންވާނީ . ޢަދި ޓެކްސް ނަގަންވީމަކައެއްވެސް ނޫން .



ޓްރެންޑިން