ގާނޫނު އަސާސީއާއި ގާނޫނު ތަކުގައި އޮންނަ ގޮތުގެ ވާހަކަ ދެއްކެވީ ވަކި މީހަކު ދިފާއުކުރުމުގެ ނިޔަތެއް އޮވެގެން ނޫންކަމަށާއި ބައެއް މީޑިއާތަކުން އެމަނިކުފާނު ދެއްްކެވި ވާހަކަފުޅުތައް އޮޅުވާލައިގެން ރިޕޯޓް ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް މިހެން ވިދާޅުވެފައި މިވަނީ، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަގެ ދިފާއުގައި އެމަނިކުފާނު ވާހަކަދެއްކެވި ކަމަށް ބުނެ ބައެއް މީޑިއާތަކުން ހަބަރު ފެތުރުމާއި ގުޅިގެންނެވެ.

"ރަސް އޮންލައިން" އާ ވާހަކަދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ، އީސާގެ މައްސަލައިގައިވެސް އެމަނިކުފާނު އެދިވަޑައިގަންނަވަނީ ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް އަމަލުކުރުމަށް ކަމަށެވެ. އަދި މީހަކު ބުނާ ބުނުމަކަށް އެކަނި ބަލައިގެން މީހުން ހިފާ ހައްޔަރުކޮށް، ބަންދުކުރުމަކީ ގާނޫނުއަސާސީން ތަންދޭކަމެއް ނޫންކަމަށް ގާސިމް ވިދާޅުވިއެވެ.

"އަޅުގަނޑު އެގޮތަށް މި ދެންނެވީ އެއްވެސް މީހެއްގެ ދިފާޢަކު ނޫން. އެކަންކަން ވަރަށް ބޮޑަށް ތަހައްމަލުކޮށް ތަޖުރިބާ ކޮށްފައި ހުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު މިދަންނަވަނީ ގާނޫނު އަސާސީއާއި ގާނޫނު ތަކާއި ޚިލާފަށް ހަމަ އެއްވެސް މީހަކު ހައްޔަރެއް ނުކުރެވޭނެއޭ. އަދި ކޮންމެ މައްސަލައެއް ތަހުގީގު ކުރާކަށް އެތުހުމަތު ކުރެވޭ މީހާ ބަންދުގައި ބަހައްޓާކަށް ގާނޫނު ތަނެއް ނުދެއޭ އަޅުގަނޑު ދެންނެވީ." ޤާސިމް ވިދާޅުވިއެވެ.



ގާސިމް ވިދާޅުވީ އެމައްސަލައިގައި ތުހުމަތުކުރެވޭ ފަރާތެއް އެމަނިކުފާނު ދިފާއު ނުކުރައްވާކަމަށާއި، ބޭނުންފުޅުވަނީވެސް އަދި އެގޮތަށް އެވާހަކަ ފާހަގަ ކުރެއްވީވެސް އެއްވެސް މައްސަލައެއްގައި އެއްވެސް މީހަކާމެދު ބޭއިންސާފުން، ކަންކަން ނުކުރުމަށާއި ގާނޫނުއަސާސީއާއި ގާނޫނުތަކާއި އެއްގޮތަށް ކޮންމެ މައްސަލައެއްގައިވެސް އަދި ކޮންމެ މީހަކާއިމެދުވެސް އަމަލުކުރަން ޖެހޭނެކަން ހާމަކުރުމުގެ ހެއު ނިޔަތުގައި ކަމަށެވެ.

"މިތާގައި ދެކެވުނީ މީހަކު ހައްޔަރު ކުރުމުގެ ވާހަކަ. އަޅުގަނޑު ދެންނެވީ ކުށެއްގެ ތުހުމަތުގައި މީހަކު ހިފާ ހައްޔަރުކުރުމުގައި އަމަލުކުރަން ޖެހޭ ގޮތުގެ ވާހަކަ. ގާނޫނު އަސާސީއާއި ގާނޫނުތަކުގައި އެކަން އޮންނަ ގޮތުގެ ވާހަކަ އަޅުގަނޑު ދެއްކީ. ހަމަ މީހަކު ވާހަކައެއް ރިޕޯޓް ކޮށްލާއިރަށް ނޫނީ ބުނެލާއިރަކަށް އަދި ހަމަ ފުލުހުން ބޭނުންވާ އިރަކަށްވެސް މީހަކު ހައްޔަރު ކުރުމުގެ ފުރަސަތު މިހާރަކު ނޯވެއޭ އަޅުގަނޑު ދެންނެވީ. އެކަން އެގޮތަށް ގާނޫނުގައި ލިޔެފައި އޮތް މަފްހޫމް އަޅުގަނޑު ބުނެދޭން އުޅުނީ. ދެން އަޅުގަނޑު ލިއުނު ވާހަކަ ތަކުގައި އެއްބައި، އޭގެ ނުބައި މާނަ ނެގޭ ގޮތަށް ނޫހަކުން ގެނަސްދިނުމަކީ އެއީ ވަރަށް ޣައިރުޒިންމާދާރު ކަމެއް." މިހާރު އަމަލުކުރަމުން ގެންދާ ގާނޫނު އަސާސީ އެކުލަވާލި ޚާއްޞަ މަޖިލީހުގެ ރައީސްކަން ކުރެއްވި ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

ޤާސިމް އިބްރާހިމް ވަނީ 24 ގަޑިއިރަށްވުރެ ދިގު މުއްދަތަކަށް ތަހުގީގަށް މީހަކު ހައްޔަރު ކުރެވޭނެ ސަބަބުތައް ޤާނޫނު އަސާސީގައި ސާފުކޮށް ލިޔެފައި އޮތްކަން ފާހަގަ ކުރަށްވާފައެވެ.

"އަޅުގަނޑު ދެންނެވީ 24 ގަޑިއިރަށްވުރެ ދިގު މުއްދަތަކަށް މީހަކު ތަހުގީގަށް ހައްޔަރު ކުރެވޭނީ ގާނޫނު އަސާސީގައިވާ ހަތަރު ސަބަބުން ކުރެ ސަބަބެއް ފުލުހުން ޝަރީއަތަށް ސާބިތުކޮށްދީގެންނޭ. އެނޫން ގޮތަކަށް އެކަމެއް ނުވާނެއޭ އަޅުގަނޑު ދެންނެވީ. އެއީ ވަކި މީހަކަށް ތާއީދު ކޮށްގެން ދެއްކި ވާހަކައެއްނޫނެ. އަޅުގަނޑު ބުނެދިނީ އެކަން ކުރެވެން އޮތް ގޮތާއި އެކަން އެގޮތަށް ޤާނޫނު އަސާސީގައި ލިޔެފައި އޮތް މަފްހޫމްގެ ވާހަކަ." ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސައަށް ތުހުމަތު ކުރެވޭ ގެވެށިއަނިޔާގެ މައްސަލައިގައި އޭނާ ހައްޔަރު ކުރުމަށް ކޯޓު އަމުރަކަށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި މިހާރު ވަނީ އެދިފަ އެވެ. އަނެއްކޮޅުން މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގެ މުގައްރިރުކަމުންވެސް އޭނާ ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

މިމައްސަލައިގައި އީސައަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު، އޭނާ މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ގާނޫނާއި ހިލާފު އެއްވެސް ކަމެއް އޭނާ ނުކުރައްވާކަަމަށެވެ.

އީސަ އޭނާގެ ދަރިފުޅުގެ ކުރިމަތީގައި ކުރީގެ އަނބިމީހާ އަސްރާއަށް އަނިޔާކުރުމުން އޭނާވަނީ ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗުން ފަރުވާ ހޯދާފައެވެ. އަދި އަސްރާ ވަނީ މިއީ ދުވަހަކުވެސް ތަޖުރިބާ ކުރަން ޖެހިދާނެ ކަމަށް ހީކުރި ކަމެއް ނޫން ކަމަށް ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-3

އިއްބެ

24-May-2021

އަލީ ނަސ ކަލޭގެ މައްމަ އާއި ކަލޭގެ ބައްޕަ ކަލޭ ތަރުބީއްޔަތު ކޮށްފަ ހުރިވަރު އެބައިނގޭ


11

ސަރުދާރު

24-May-2021

ޤާސިމަކީ ކޮސްގޮވާ މީހެއް.އަންހެނުން ހިތި މީހެއް.



ޓްރެންޑިން