ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާ ހައްޔަރުކުރުމުގެ އަމުރެއް ހޯދުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި ފުލުހުން އެދިފައި ވާތީ އެ އަމުރު ހޯދަން ކްރިމިނަލް ކޯޓަށް ހުށަހެޅި ނަމަވެސް އަމުރު ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން މިރޭ ނިއްމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާ ހައްޔަރުކުރުމުގެ އަމުރެއް ހޯދުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެދިފައިވަނީ އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށް ގެވެށި އަނިޔާކުރި މައްސަލައިގެ ތަހުގީގަށް އީސަ ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެދިނުމަށް ފުލުހުން ޕީޖީ އޮފީހުގައި އެދުމާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުން މިރޭ ވަނީ ޕީޖީ އޮފީހުން އެދިފައިވާ ގޮތަށް ތަހުގީގަށް އީސަ ހައްޔަރުކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ނިންމާފައެވެ. އަމުރު ނެރެދިނުމަށް ކޯޓުން ދެކޮޅު ހެދި ސަބަބެއް ސާފެެއް ނުވެއެވެ. ޕީޖީ އޮފީހުން ބުނީ ކޯޓު އަމުރު ދިނުމަށް ކޯޓުން ދެކޮޅު ހަދާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ތަކާއި ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކުރަން ބޭނުންވެއްޖެނަމަ އެކަން ކުރަންވާނީ ސުޕީރިއާ ކޯޓެއް ނުވަތަ އެއަށްވުރެ މަތީކޯޓެއްގެ ކޯޓު އަމުރަކަށް ކަމަށެވެ. މިފަދަ އަމުރަކަށް އެ ކޯޓުގައި އެދޭނީ އެ މައްސަލައެއް ތަހުގީގުކުރާ ފަރާތުން ޕްރޮސެކިއުޓާ ޖެނަރަލަށް ހުށަހެޅުމުން ޕްރޮސެކިއުޓާ ޖެނަރަލަށް ފެނިއްޖެނަމަ އޭނާ ކަމަށް އެ މާއްދާގައި ވަނީ ބުނެފައެވެ.

ގެވެށި އަނިޔާ ތުހުމަތުތަށް ދޮގުކޮށް މަޖިލީހުގެ އިޖްތިމާއީ ކޮމެޓީގެ މުގައްރިރުކަމުން އީސަ މިއަދު ވަނީ އިސްތިއުފާ ދެއްވާފައެވެ. އެމްޑީޕީން ވެސް އީސައާއިމެދު ފިޔަވަޅު އަޅާފައިވާއިރު އޭނާ މިހާރު ވަނީ ގައުމީ މަޖިލީހުންނާއި ކޮމެޓީތަކުގެ މުގައްރިރުކަމުން އެެކަހެރިކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


8

ފާރޫޤް

24-May-2021

ނިކަމެއްޗެއް ނަމަ ތިޔަ އަމުރު ނެރޭނެ. ޢިއްޒަތެއް ނެތް ޢިއްޒަތްތެރި މެންބަރުން ކޮންމެ ކަމެއް ކުރިއަސް ވާނެ ކަމެއް ނޯންނާނެ.



ޓްރެންޑިން