ކޮވިޑް19 ގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިރޭ 06:52 ގައި އޭޑީކޭގެ އީއާރަށް ގެންދިޔަ މީހަކު މަރުވެފައިވާ ކަމަށާއި، އޭނާ ކޮވިޑަށް ޕޮޒިޓިވް ކަމަށެވެ. އޭނާ އޭޑީކޭއަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފަ އެވެ.



އެއީ ކޮވިޑްގެ މަރެއްގެ ގޮތުގައި އެޗްޕީއޭ އިން ވަނީ ނިއްމާފައެވެ. މި މަރާއެކު ކޮވިޑު ޖެހިގެން މަރުވި މީހުންގެ އަދަދު 114 އަށް ވަނީ އަރާފައެވެ.

ރާއްޖެއިން މި ބަލީގައި ދެމީހަކު މިއަދު ވަނީ މަރުވެފައެވެ. އިއްޔެ ހަތް މީހަކު މި ބަލީގައި ރާއްޖޭން މަރުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން