ޞާދިރު ޢަލީދީދީ   4 މޭ 2020 - 15:25
ޗިކަން ކޮރުމާ
ޗިކަން ކޮރުމާ
* ބޭނުންވާތަކެތި (ހަތަރު މީހުންގެ ކެއުމަކަށް)



01 ކުކުޅު (1300 ގުރާމް)

225 ގްރާމް ގިތެޔޮ ނުވަތަ ބަޓަރު

3 ފިޔާ (ތުނިކޮށް ކޮށާފައި)

1 އަރި ލޮނުމެދު (ޗިސްކޮށްފައި)

1 އިންޗި ރޯ އިނގުރު (ގާނާފައި)

1 މޭޒުމަތީ ސަމުސާ މުގުރި މިރުސް

1 މޭޒުމަތީ ސަމުސާ މުގުރި ރީނދޫ

1 މޭޒުމަތީ ސަމުސާ މުގުރި ކޮރިއެންޑަރ

1/2 މޭޒުމަތީ ސަމުސާ މުގުރި ތޮޅި

1/2 މޭޒުމަތީ ސަމުސާ މުގުރި ފޮނިތޮށި

1/2 މޭޒުމަތީ ސަމުސާ ލޮނު

1 މޭޒުމަތީ ސަމުސާ ގުރާމް ފްލަރ

125 އެމްއެލް ދިޔާ ކިރު

500 އެމްއެލް ޑަބަލް ކްރީމް

ތާޒާ ކޮރިއެންޑަރ ފަތް (ގަރނިޝްކުރުމަށް)

ތާޒާ ކޮށް ހޫނުކަންމަތީ ހުރި ބަތް

* ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ކުކުޅު ތެއްޔަކަށް ލުމަށްފަހު ފެންއަޅާށެވެ. ފެންއަޅާނީ ކުކުޅަށް ވުރެ މަތިން ފެން ހުންނަވަރަށެވެ. ދެން ކުކުޅު ރަގަޅަށް މަޑުވަންދެން ކައްކާށެވެ. 30 މިނިޓުވަންދެން ބެހެއްޓުން އެންމެ ރަނގަޅުވާނެއެވެ.

ކުކުޅު މަޑުވުމުން ތެލިން ނެގުމަށް ފަހު އިހޫ ކުރަން ބަހައްޓާށެވެ. އިހޫވުމުން ކުކުޅުގެ ހަންނޮޅާ އޭގެ ކަށިތައް ވަކި ކުރާށެވެ. އަދި ކާލަން ފަސޭހަ ސައިޒަކަށް މަސްކޮޅު ފަތިކޮށް ކޮށާށެވެ.

ދެން އަނެއްކާވެސް ކުރިން ކުޅުޅު ކައްކަން ބޭނުންކުރި ތެލި، ނޫންނަމަ އެހެން ތެއްޔެއް އާދައިގެ ގިނީގައި ބެހެއްޓުމަށްފަހު އެއަށް ގިތެޔޮ ކޮޅުއަޅާށެވެ. އޭގެ ފަހުން ފިޔާ އަދި ލޮނުމެދު އެޅުމަށްފަހު 3 މިނިޓެއްހާއިރު ހަލުވާށެވެ. އެއިރުން ހުންނާނީ ފިޔާކޮޅު މަޑުވެފައެވެ. ދެން އޭގެ ތެރެއަށް އިނގުރާއި މުގުރި މިރުހާއި ރީނދޫ އާއި މުގުރި ކޮރިއެންޑަރ އާއި ތޮޅި ފޮނިތޮށި އަދި ރަހަލާވަރަށް ލޮނު އަޅާށެވެ. މިއެއްޗެހި އަޅަމުންދާއިރު އަދި އެޅުމަށްފަހުވެސް ކުޑަކޮށް ހަލުވާލާށެވެ. އަދި އޭގެފަހުން 5 މިނިޓު ވަންދެން ކައްކާށެވެ. އެއަށްފަހު ކުކުޅު އޭގެ ތެރެއަށް ލާށެވެ. އަދި ކުކިން ލިކްެެއިޑް އަޅައި އަނެއްކާވެސް 2 މިނިޓް ވަންދެން ކައްކާށެވެ.

ދެން ފުށް ބްލެންޑްކުރުމަށް ކުޑަ ކިރުފޮދެއް އަޅާށެވެ. ބްލެންޑްކުރުމަށްފަހު ތެއްޔަށްއަޅައި ރަނގަޅަށް ހަލުވާލާށެވެ. އަދި އެއަށްފަހު ބާކީހުރި ކިރު އެކީ އަޅާލުމަށްފަހު ހަލުވާލާށެވެ. ދެން ރަގަޅަށް މަތިޖެހުމަށްފަހު މަޑުގިނީގައި 25 މިނިޓުވަންދެން ބެހެއްޓުންމުން ފުދޭނެއެވެ.

ފަންސަވީސް މިނިޓުވުމުން އޭގެތެރެއަށް ކްރީމް އަޅައި ރަގަޅަށް ހަލުވަލާށެވެ. އެއަށްފަހު ރަގަނޅަށް މަތިޖަހާފައި އިތުރު 15 މިނިޓަށް ބަހައްޓާށެވެ. އެއިރުން ޗިކަން ކޮރްމާ އެ ކެއްކުނީއެވެ. ތަށިތަށްޓަށް އެޅުމަށްފަހު ކޮރިއެންޑަރ ފަތުން ގާރނިޝްކޮށްލާށެވެ.

މިއީ ބާސްމަތީބަތާއަދި ރޮށްޓާއެކީ ކާލަންވެސް ވަރަށް މީރު ކެއުމެކެވެ. ނިކަން އަޖުމަބަލާލާށެވެ.


ކިޔުންތެރިންގެ ހިޔާލު


2

މިތުރު

04-May-2020

ނިކަން ރޮށި ފިހާނެގޮތް ބުނެދީބަލަ. މިޒަމާނު އަންހެންކުދިންނަށް ރޮއްޓެއް ފިހެލަން އެނގެނީކީނޫންވިއްޔާ!



ޓްރެންޑިން