ކ-ވ އާޒިމާ ޝަކޫރު އަދި ރިޔާޒް ރަޝީދު
ކ-ވ އާޒިމާ ޝަކޫރު އަދި ރިޔާޒް ރަޝީދު
ރާއްޖޭގެ ވެރިކަން ކޮންމެ ފަހަރަކުވެސް ލިބެނީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަރާވަޑައިގަންނަވާ ކޮޅަކަށް ކަމަށާއި، ކުރީގެ ބަންޑާރަ ނައިބް އާޒިމާ ޝަކޫރު އަރާވަޑައިގަންނަވާ ކޮޅު ވަނީ ބަލި ކަމަށް ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.

ޖުމުހޫރީ ޕާޓީގެ މެމްބަރު ރިޔާޒް ރަޝީދު މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް މެމްބަރު ކަމުން އިސްތިއުފާ ދެއްވައި ސިޔާސީ މަސައްކަތުން އެއްފަރާތްވުމަށް ކުރީގެ ބަންޑާރަނައިބު އަދި މަޝްހޫރު ޤާނޫނީ ވަކީލު އައިޝަތު އާޒިމާ ޝަކޫރު ގޮވާލެއްވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. އެކަމާއި ގުޅިގެން ރިޔާޒް ރަޝީދު ވިދާޅުވީ ގާސިމް އިބްރާހިމަކީ ސިޔާސީ ގޮތުން ކާމިޔާބު ބޭފުޅެއް ކަމަށެވެ. 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ބޭއްވި ކޮންމެ ރިޔާސީ އިންތިޚާބެއްގައި ވެސް ވެރިކަން ލިބެނީ އެމަނިކުފާނު އަރާވަޑައިގަންނަވާ ކޮޅަކަށް ކަމަށާއި، އާޒިމާ ޝަކޫރު އަރާވަޑައިގަންނަވާ ކޮޅު ވަނީ ބަލި ކަމަށް ރިޔާޒް ވިދާޅުވިއެވެ.

"ރައީސް ނަޝީދާއި އިބްރާހިމް ނާސިރުގެ ވެރިކަން ފިޔަވައި ހުރިހާ ވެރިކަމެއްގެ މަތިފަޑީގައި ކަމަނާހުރޭ." ރިޔާޒް ވިދާޅުވިއެވެ.



އާޒިމާ ގާސިމަށް ފާޑުވިދާޅުވީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަގެ މައްޗަށް ގެވެށި އަނިޔާ ކުރި ކަމުގެ ތުހުމަތުކުރެވި، އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނިކޮށް އީސަގެ ދިފާއުގައި ގާސިމް ވާހަކަފުޅު ދެއްކެވި ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓް ކުރި ޚަބަރަކާއި ގުޅިގެންނެވެ. ގާސިމް ވިދާޅުވެފައިވަނީ އެމަނިކުފާނު ދެއްކެވި ވާހަކަ މީޑިޔާތަކުން ގެނެސްދީފައިވަނީ ހަގީގަތާއި ޚިލާފަށް ކަަމަށެވެ. ގާނޫނު އަސާސީއާއި ގާނޫނު ތަކުގައި އޮންނަ ގޮތުގެ ވާހަކަ ދެއްކެވީ ވަކި މީހަކު ދިފާއުކުރުމުގެ ނިޔަތެއް އޮވެގެން ނޫންކަމަށް ގާސިމް ވިދާޅުވިއެވެ. އީސާގެ މައްސަލައިގައިވެސް އެމަނިކުފާނު އެދިވަޑައިގަންނަވަނީ ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް އަމަލުކުރުމަށް ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި މީހަކު ބުނާ ބުނުމަކަށް އެކަނި ބަލައިގެން މީހުން ހިފާ ހައްޔަރުކޮށް، ބަންދުކުރުމަކީ ގާނޫނުއަސާސީން ތަންދޭކަމެއް ނޫންކަމަށް ގާސިމް ވިދާޅުވިއެވެ.

"އަޅުގަނޑު ލިއުނު ވާހަކަ ތަކުގެ އެއްބައި، އޭގެ ނުބައި މާނަ ނެގޭ ގޮތަށް ނޫހަކުން ގެނަސްދިނުމަކީ އެއީ ވަރަށް ޣައިރުޒިންމާދާރު ކަމެއް." މިހާރު އަމަލުކުރަމުން ގެންދާ ގާނޫނު އަސާސީ އެކުލަވާލި ޚާއްޞަ މަޖިލީހުގެ ރައީސްކަން ކުރެއްވި ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން