ކ-ވ ރައީސް ސޯލިހް އަދި އަބުދު ﷲ ޖާބިރު
ކ-ވ ރައީސް ސޯލިހް އަދި އަބުދު ﷲ ޖާބިރު
ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވެރިކަމަށް ގެނައުމަށް ބޭރުގެ އެއްވެސް ގައުމަކުން ފައިސާ ޚަރަދުކޮށްފައިނުވާކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބުދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބުދުﷲ ޖާބިރު ވިދާޅުވީ، ރައީސް ސޯލިހް ވެރިކަމަށް ވަޑައިގަތުމަށް ބޭރުގެ އެއްވެސް ގައުމަކުން ފައިސާ ޚަރަދުކޮށްފައިނުވާ ކަމަށާއި، އޭނާއަށް އެކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން އިންޑިޔާއިން ރައީސް ސޯލިހް ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް ފައިސާ ޚަރަދުކޮށްފައިނުވާކަމަށް ޖާބިރު ވިދާޅުވިއެވެ.

ރައީސް ސޯލިހްގެ ކެމްޕޭން ޚަރަދު އޮޕަރޭޓްކުރީ ވަރަށް ކުޑަ ޚަރަދަކުން ކަމަށް ޖާބިރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް ސޯލިހް ވެރިކަމަށް ވަޑައިގަތުމަށް އެއްވެސް ފައިސާއެއް މާ ބޮޑުތަނުން ޚަރަދުކުރަން ނުޖެހޭ ކަމަށާއި، ރައްޔިތުން ތިބީ އެމަނިކުފާނު ވެރިކަމަށް ގެނައުމަށް ތައްޔާރަށް ކަމަށެވެ. އެގޮތުން ރައީސް ޔާމިނާއިމެދު ނަފުރަތު އުފައްދައި އެމަނިކުފާނު ގެނެސްދެއްވި ތަރައްގީ ނުފެންނަ ވަރަށް ރައްޔިތުން ތިބީ އޭރުގެ ސަރުކާރު ދެކެ ރުޅިއައިސްފައި ކަމަށާއި ދިމާވި މައްސަލައަކީ އެއީކަމަށް ޖާބިރު ވިދާޅުވިއެވެ.

" އެނޫން އެހެން އެއްވެސް ކަމެއް ދިމާއެއް ނުވޭ، ދެން ލާރި މާ ބޮޑުތަނުން އަޅާކަށްވެސް ނުޖެހޭ. ރައީސް ސޯލިހުގެ ކެމްޕޭން ޚަރަދު ވަރަށް ކުޑަ. ޚަރަދަކުން އޮަޕަރޭޓްވެގެންދިޔައީ އެއީ އޭރުގައި އެންމެން އެއްގަލަކަށް އަރާފައި ތިބީމަ. ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާގެ މަގާމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ނޫނިއްޔާމު ގާނޫނު އަސާސީގައި އެބުނާ ނަންބަރު ވަން އިން ހޮވިފައި ހުރި މީހަކު ނުހުންނާނެ، 50 ޕްލަސް ވޯޓް ލިބިގެން އެވަރަށް ތައްޔާރަށް އޮތީ ވަރަށް ހިސާބުޖަހައިގެން އެެކަންކުރީ. އެކަން އެގޭ އެންެމެންނަށް ވެސް އެއީ އެއްވެސް ގައުމަކުން ލާރި ހޯދައިގެން ކުރި ކަމެއް ނޫން އަޅުގަނޑަށް އެގޭތީ މިދަންނަވަނީ." ޔޮޓް ޓުއާސްގެ ޗެއާމަން އަބުދުﷲ ޖާބިރު ވިދާޅުވިއެވެ.

ޖާބިރު މިހެން ވިދާޅުވި ނަމަވެސް ރައީސް ސޯލިހް ވެރިކަމަށް ވަޑައިގަތުމަށް ބޭރުގެ ގައުމުތަކުން ފައިސާގެ އެހީތެރިކަމާއި މަދަދު ހޯދައިފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން އަންނަނީ ބުނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ވަޙީދުބެ

24-May-2021

ފައިސާޚަރަދުނުކުރާކަން ޖާބިރަށް އެނގުނީ ކިހިނެއް. ބޭރުޤައުމަކުން ފައިސާޚަރަދުކުރި. ހޮވުމާއެކު ޚަރަދުކުރިމީހުންނަށް ސަރުކާރުން ތަންތަންދީ ހެދިކަންވެސް ޖާބިރަކަށް ނޭނގުނު.



ޓްރެންޑިން