ރާއްޖެއިން ކޯވިޑް ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ ކޯވިޑް ޖެހިގެން ނިޔވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 77 އަހަރުގެ ފިރިހެނެއްކަމަށެވެ. އަދި އޭނާ ނިޔާވީ ރޭ ފަތިހު 4:06 ހާއިރުކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 117 އަށް އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ 102 ދިވެހިންނާއި 15 ބިދޭސީންނެވެ.



ރާއްޖެއިން އިއްޔެވެސް ކޯވިޑް ޖެހިގެން 5 މީހަކު ވަނީ ނިޔާވެފައެވެ. ކޯވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން އެންމެ ގިނަ މީހުން ނިޔާވެފައިވަނީ މިމަހުއެވެ. އެގޮތުން މިމަހުގެ މިހާތަނަށް 44 މީހަކު ވަނީ ކޯވިޑް ޖެހިގެން މިމަހު ނިޔާވެފައެވެ.

ރާއްޖޭގައި ކޯވިޑް ފެތުރޭ މިންވަރު ބިރުވެރި ހިސާބަކަށް ގޮސްފައިވާއިރު، ކޯވިޑް ކޮންޓްރޯލްކުރަން ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލެއާއި އަތޮޅުތެރޭގައި ބައެއް ރަށްރަށުގައި ކާފިއު ދަނީ ހިންގަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން