އެންމެ މީހަކު ކުރާ ކަމަކުން ޓޫރިޒަމް އިންޑަސްޓްރީގެ އަގު ވައްޓާލައިގެން ނުވާނެކަމަށް މިނިސްޓަރ އޮފް ޓުއަރިޒަމް އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މައުސޫމް މިހެން ވިދާޅުވީ ސީދާ ކީއްވެގެންކަމެއް ނޭނގެއެވެ. ނަމަވެސް އެމަނިކުފާނު މިފަދައިން ޓްވީޓް ކުރައްވާފައި މިވަނީ، ޓުއަރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރި އަދި ފަހުން އެދާއިރާގެ މުވައްޒަފުންގެ ހައްގުގައި އަޑު އުފުލާން އުޅުއްވުމަށް ފަހު މަޖިލީހުގެ މެންބަރުކަން ހޯއްދަވައިގެން ސިޔާސީ ދާއިރާއަށް ވެދެވަޑައިގެންނެވި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާގެ ގެވެށި އަނިޔާގެ މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރި ނުވަތަ މަސައްކަތް ކުރާ މަދު ފަރުދެއްގެ ނޭއްގާނި އަމަލެއްގެ ސަބަބުން ދާއިރާގެ ހުރިހާ މުވައްޒަފުންނަށް ނިސްބަތްކޮށް ފާޑުކިޔުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުންނަކީ ރާއްޖޭގެ އިޤްތިޞާދުގެ ފަހުރުވެރި ދިފާއީ ބަތަލުންކަމަށްވެސް މައުސޫމް ވިދާޅުވިއެވެ.

"ޓޫރިޒަމް ދާއިރާގަ މަސައްކަތްކުރި/ މަސައްކަތް ކުރާ މަދު ފަރުދެއްގެ ނޭއްގާނި އަމަލާއި ލާޖައްސާ ދާއިރާގެ ހުރިހާ މުވައްޒަފުންނަށް ނިސްބަތްކޮށް ކުޑައިމީސް ބަސް ބުނުމަކީ ވަރަށް ދެރަވަރުކަމެއް. އެކަން ބަލައެއްނުގަނެވޭ! ފަތުރުމުވައްޒަފުުންނަކީ ރާއްޖޭގެ އިގުތިސޯދުގެ ފަޚުރުވެރި ދިފާއީ ބަތޮލުން." މައުސޫމް ވިދާޅުވިއެވެ.



ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އޭނާގެ ކުރީގެ އަނބިކަނބަލުންނަށް ގެވެށި އަނިޔާކުރިކަމުގެ މައްސަލައެއް ފެންމަތިވެފައިވާއިރު، އީސައަކީ ފަތުުވެރިކަމުގެ ދާއިރާގައި މީގެކުރިން މަސައްކަތްކުރެއްވި ފަރާތެކެވެ. އަދި އޭނާއަކީ ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ ހައްޤުތަކަށް މަސައްކަތްކުރުމުގައި ފާހަގަކޮށްލެވުނު ބޭފުޅެކެވެ. ނަމަވެސް އޭނާގެ ގެވެށި އަނިޔާގެ މައްސަލަ ފެންމަތިވުމާއެކު، ގިނަ ބަޔަކު ދަނީ އީސައަށް ފާޑުކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން