ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާގެ ތެރެއިން.
ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާގެ ތެރެއިން.
ރާއްޖެއިން ކޯވިޑް ޖެހިގެން ދެވަނަ މީހަކު މިއަދު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ ކޯވިޑް ޖެހިގެން ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 80 އަހަރުގެ އަންހެނެއްކަމަށެވެ. އަދި އޭނާ ނިޔާވީ މިއަދު ހެނދުނު 10:54 ހާއިރުކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.



މިއާއެކު ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 118 އަށް އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ 103 ދިވެހިންނާއި 15 ބިދޭސީންނެވެ.

ކޯވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން އެންމެ ގިނަ މީހުން ނިޔާވެފައިވަނީ މިމަހުއެވެ. އެގޮތުން މިމަހުގެ މިހާތަނަށް 45 މީހަކު ވަނީ ކޯވިޑް ޖެހިގެން ނިޔާވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން