ކޯވިޑްގެ މި ދަތި އުނދަގޫ ހާލަތުގައި ސިއްހީ ޚިދުމަތްތެރިން ފާޅުކުރާ ޚިޔާލު ތަކުގެ ސަބަބުން އެފަރާތްތަކަށް ފިޔަވަޅު ނޭޅުމަށް ޑރ. މުހައްމަދު އަލީ ގޮވާލައްވައިފިއެވެ.

ކޯވިޑް ތެރޭގައި އާންމު މައުލޫމާތު ހާމަކުރެއްވުމުގައި މަޝްހޫރުވެފައިވާ ޑރ. މުހައްމަދު އަލީ ކުރެއްވި ޓްވީޓެއްގައި މިއީ ސިއްހީ ޚިދުމަތްތެރިންނަށް ދަތި ވަގުތެއްކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މިއީ އެބޭފުޅުންގެ ސިއްހީ ހިދުމަތުގައި ކުރިމަތިވާނެ އެންމެ އުނދަގޫ ދުވަސްތައްކަންވެސް ޑރ. މުހައްމަދު އަލީ ފާހަގަކުރެއްވިއެވެ. އެހެންކަމުން އެހާލަތުގައި ސިއްހީ ހިދުމަތްތެރިންގެ ކަންބޮޑުވުންތައް ހިއްސާކުރާނެކަން އެހެން ފަރާތްތަކުން ދަންނަންޖެހޭނެ ކަމަށްވެސް ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

ކޯވިޑްގެ ބަލިމަޑުކަމުގައި ކުރީސަފުގައި މަސައްކަތް ކުރާ ސިއްހީ އެހީތެރިން މިފަހަކަށް އައިސް ފާޅުގައި ސަރުކާރުގެ ބައެއް އިދާރާތަކަށް ނިސްބަތްވާ ގޮތަށް ޝުޢޫރު ފާޅުކޮށް ފާޑުކިޔަމުންދާކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ. އަދި އެއީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ބައެއް ފަރާތްތަކުން ސިފަ ކުރެއެވެ.



ޑރ. މުހައްމަދު އަލީ ވިދާޅުވީ މިދަނޑިވަޅުގައި ސިއްހީ ހިދުމަތްތެރިންގެ ފަރާތުން ކަންބޮޑުވުން ފާޅުކުރުމުން އެ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި، އެ ކަންބޮޑުވުންތައް ހެޔޮ ނިޔަތެއްގައި އަޑު އެހުމަކީ އެންމެ ރަނގަޅު ގޮތްކަމަށެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވީ ސިއްހީ ހިދުމަތްތެރިންވެސް ޝުއޫރު ފާޅުކުރާއިރު މުއައްސަސާތަކުގެ އަގު ވެއްޓޭގޮތަށް ވާހަކަ ނުދައްކައި، ކަންކަން ރަނގަޅުކުރުމުގެ ނިޔަތުގައި ޝުޢޫރު ފާޅުކުރުން މުހިއްމުކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.



ސިއްހީ ޚިދުމަތްތެރިންނާމެދު ފިޔަވަޅު ނޭޅުމަށް ޑރ. މުހައްމަދު އަލީ ގޮވާލައްވާފައި މިވަނީ، ބައެއް ސިއްހީ ހިދުމަތްތެރިންގެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި އެމީހުން ހިއްސާކުރާ ޝުއޫރުތަކުގެ ސަބަބުން ސިއްހީ ހިދުމަތްތެރިންނަށް އެކި ފަރާތްތަކުން ޕްރެޝަރކުރާކަމަށްވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން