ރާއްޖޭގައި ކޮވިޑްގެ ނުރައްކާތެރިކަން ބޮޑުވެ ހޮސްޕިޓަލާއި ފެސިލިޓީތައް ފުރެން ގާތްވެފައިވާއިރު ޕްރައިވެޓް ސެކްޓާގެ އެހީތެރިކަމަށް ސަރުކާރުން އެދެންޖެހޭ ކަމަށް ސައިރިކްސް ކޮލެޖްގެ ޗެއާމަން އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ސައިރިކްސް ކޮލެޖްގެ ޗެއާމަން އަހުމަދު ޝަރީފް މިހެން ވިދާޅުވީ، "ޚިދުމަތްތެރިން ހަނާވެއްޖެ، އެނދުތަށް ފުރިއްޖެ، ހައްލަކީ ގޭގައި ތިބުން" މި ސުރުޚީގެ ދަށުން ރަސްއޮންލައިންގައި ޝާއިއު ކުރި ރިޕޯޓެެއް ހިއްސާކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ. ސައިރިކްސް ކޮލެޖްގެ ޗެއާމަން އަހުމަދު ޝަރީފް ވިދާޅުވީ ސަރުކާރާއި ރާއްޖޭގައި ހިންގާ ހުރިހާ ޕްރައިވެޓް ފެސިލިޓީތަކެެއް ކޮވިޑްގެ ބަލި މީހުންނަށް ހުޅުވާލަންޖެހޭ ކަމަށެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަކީ ގައުމީ ހާލަތެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އެހެންކަމުން ޕްރައިވެޓް ސެކްޓާގެ އެހީތެރިކަމަށް ސަރުކާރުން މިހާރު އެދެން އެބަޖެހޭ." ރައީސް ސޯލިހާއި އެޗްޕީއޭ ޓެގްކުރަށްވައި ޝަރީފް ވިދާޅުވިއެވެ.

ޝަރީފު މިފަދަ ގޮވާލެއްވުމެއް ގޮވައިލައްވާފައި ވާއިރު މީގެކުރިންވެސް ގައުމަށް ކުރިމަތިވާ މިފަދަ ދަތި އުނދަގޫ ހާލަތް ތަކުގައި ރާއްޖޭގެ ޕްރައިވެޓް ސެކްޓާގެ އެހީތެރިކަން ސަރުކާރު ތަކުން ވަނީ ހޯދާފައެވެ. އެގޮތުން އަމިއްލަ ކުންފުނި ތަކާއި އެކި ޚިދުމަތްތައް ފޯރުކޮށްދޭ އަމިއްލަ ފަރާތްތަކާއި ޖަމިއްޔާ، ޖަމާޢަތްތަކުން ވެސް ސަރުކާރު ތަކުގެ މި ގޮވާލުން ތަކަށް ވަރަށް ފުރިހަމައަށް އިޖާބަދީ އެހީތެރިކަން ފޯރުކޮށްދެމުންދާކަން ފާހަގަ ކުރެވެއެވެ. މީގެސަބަބުން އެފަދަ ދަތި ހާލަތްތަކުން ވަރަށް އަވަހަށް އަރައިގަނެވި ސަރުކާރަށް އޮންނަ ބުރަ ވަރަށް ބޮޑަށް ކުޑަވެގެންދާކަން ވެސް ފާހަގަ ކުރެވެއެވެ.



ރާއްޖޭގައި ކޮވިޑްގެ ބަލިމަޑުކަން މިއިން ދުވަހަކުވެސް ގޯސް ނުވާ މިންވަރަށް ގޯސްވެ ބަލީގެ ހާލަތު ވަނީ ވަރަށް ނުރައްކާވެފައެވެ. ބަލީގައި ކޮންމެ ދުވަހަކުވެސް އެވްރެޖްކޮށް 4-5 މީހަކު ނިޔާވަމުންދާތާ ވެސް ހަފުތާ އަކަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. ބަލިޖެހިގެން އެޑިމިޓްކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު ހޮސްޕިޓަލު ތަކުގެ ބެޓް ކެޕޭ ސިޓީއާއި ފެސިލިޓީތަަަށްވެސް ވަނީ ފުރިފައެވެ.

ރާއްޖޭގައި މިވަގުތު ބަލިޖެހިފައި ތިބި މީހުންގެ އަދަދު 20000 އިން މައްޗަށް ވަނީ އަރާފައެވެ. އޭގެތެރެއިން 280 މީހަކު ހޮސްޕިޓަލުގައި އެޑިމިޓްކޮށްގެން މިހާރު ވެސް އަންނަނީ ފަރުވާ ދެމުންނެވެ. ރާއްޖޭގައި ކޮވިޑް ބަލީގައި ނިޔާވި މީހުން އަދަދު މިހާރު ވަނީ 118 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން