ހދ. ހަނިމާދޫ ސްކޫލުގެ ޓީޗަރުން ފަލަސްތީނަށް ތާއިދުކުރުމުގެ ގޮތުން ބޭއްވި ހަރަކާތުގެ ތެރެއިން
ހދ. ހަނިމާދޫ ސްކޫލުގެ ޓީޗަރުން ފަލަސްތީނަށް ތާއިދުކުރުމުގެ ގޮތުން ބޭއްވި ހަރަކާތުގެ ތެރެއިން
އިސްރާއީލަށް ތާއީދުކުރި އިންޑިއާގެ ޓީޗަރެއް ހދ. ހަނިމާދޫ ސްކޫލުގެ ވަޒީފާއިން ވަކިކޮށް އަނބުރާ ގައުމަށް ފޮނުވާލަން ނިންމައިފިއެވެ.

ވަޒީފާއިން ވަކިކޮށްފައިވަނީ ސްކޫލުގެ ސެޝަން އިންޗާޖް، އަދި އެސްއެމްޓީ މެންބަރުގެ މަގާމުގައިހުރި އިންޑިޔާގެ ރައްޔިތެއް ކަމުގައިވާ އެބެނެޒަރ ސުކްމަރަން ނަމަކަށް ކިޔާ މީހެކެވެ. އޭނާވަނީ އިސްރާއިލާއެކު ހުރި ކަމަށްބުނެ ފޭސްބުކް ސްޓޭޓަސްއެއް ޖަހާފައެވެ.

ހަނިމާދޫ ސުކޫލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވަކިން ހާއްސަކޮށް ޒަޔަނިސްޓް ޔަހޫދީ އިޒްރާއީލުން ހިންގަމުން ގެންދާ ލާއިންސާނީ އަމަލްތައް ކުށްވެރިކޮށް، ހަނިމާދޫ ސްކޫލަށް 52 އަހަރު ފުރުނު މުނާސަބާގައި ސްކޫލްގެ ސްޓޭންޑް ހާމަކޮށް، ތަފާތު ހަރަކާތްތަކެއް ހިންގިތާ 24 ގަޑިއިރުވެސް ނުވަނީސް، ސްކޫލްގެ ސްޓޭންޑާ ހިލާފަށް އަދި މުޅި ދިވެހި ދައުލަތާއި ހަނިމާދޫ ރައްޔިތުންގެ ސްޓޭންޑާވެސް ހިލާފަށް، އެ ޓީޗަރު ހިންގި ދަށުދަރަޖައިގެ އަމަލަކީ އެސްކޫލުން އެއްގޮތަކަށްވެސް ބަލައިގަންނަ އަމަލެއް ނޫން ކަމަށެވެ.

މިކަމާ ގުޅިގެން އެ ޓީޗަރާމެދު އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށް ބަޔާނުގައިވެއެެވެ.



ހަނިމާދޫ ސުކޫލުން ބުނީ އެ ޓީޗަރު ވަޒީފާއިން ވަކިކޮށް ވީހާވެސް އަވަހަކަށް ރަށުން ފޮނުވާލުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް މިހާރު ރިކޮމެންޑު ކޮށްފައިވާ ކަމަށެވެ. އަދި މިނިސްޓްރީން އޭނާ ވަޒީފާއިން ވަކިކޮށް އަނބުރާ ގައުމަށް ފޮނުވާލަން މިހާރު ނިންމާފައިވާކަމަށް އެ ރަށު ސުކޫލުން ވަނީ ބުނެފައެވެ.

ހަނިމާދޫ ސްކޫލުގެ ބަޔާނުގައި އެ ސުކޫލުގެ މެނޭޖްމަންޓާއި މުވައްޒަފުންނާއި ދަރިވަރުން އަދި އެންމެހައި ބެލެނިވެރިން، އަބަދުވެސް ތިބޭނީ ފަލަސްތީނާ އެކުކަން ވަނީ ފާހަގަކޮށްފައެވެ.

 

އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދިޔަ ހަމަލާތައް ހުއްޓާލުމުން އެގައުމުގައި ފަލަސްތީނުގެ ރައްޔިތުން ނިކުމެ މިހާރު ދަނީ އުފާފާޅު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން