ކ-ވ ހައިލަމް އަދި މެމްބަރު އީސަ
ކ-ވ ހައިލަމް އަދި މެމްބަރު އީސަ
ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާ ހައްޔަރުކުރަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެދުނު އަމުރު ނެރެދޭންޖެހޭނެ ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާ ހައްޔަރުކުރުމުގެ އަމުރެއް ހޯދުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެދިފައިވަނީ އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށް ގެވެށި އަނިޔާކުރި މައްސަލައިގެ ތަހުގީގަށް އީސަ ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެދިނުމަށް ފުލުހުން ޕީޖީ އޮފީހުގައި އެދުމާއި ގުޅިގެންނެވެ. ކްރިމިނަލް ކޯޓުން ވަނީ އީސަގެ މައްޗަށް ގެވެށި އަނިޔާގެ ތުހުމަތުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރި ނަމަވެސް އެ އަމުރު ނެރެދެވޭނެ ގާނޫނީ ބިނާއެއް ނެތްކަމަށް ބުނެ އަމުރެއް ދޭން ދެކޮޅު ހަދާފައެވެ.

އެކަމާއި ގުޅިގެން ހައިލަމް ވިދާޅުވީ އީސަގެ މައްޗަށް ތުހުމަތު ކުރެވެނީ އަނބިކަބަލުންނާއި ދަރިފުޅަށް އަނިޔާކުރި މައްސަލަ ކަމަށްވާއިރު ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން ތުހުމަތުކުރެވޭ ފަރާތުގެ ބާރު ހެކީންނަށް ފޯރުވުމާއި ހެކީންނާއި ތުހުމަތުކުރެވޭ ފަރާތާއި އޮތް ގުޅުމަށް ބަޔާންކޮށް އެ އަމުރު ނެރެދޭންޖެހޭނެ ކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)ގައި ބަޔާންކުރަނީ ބަންދާމެދު ގޮތެއް ނިއްމާއިރު ފަނޑިޔާރު ރިއާޔަތް ކުރަންޖެހޭ ކަންތައްތަކެވެ.

އެގޮތުން ތުހުމަތުކުރެވޭ މައްސަލައިގައި ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޫޒު ފޯރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށް ބެލުމުގައި ލިބިފައިވާ ހެކިތަކަށް ބަލާއިރު ތުހުމަތުކުރެވޭ މީހާއަށް ބާރު ފޯރުވޭނެ ހެކިތަށް ހުރިކަން ނުވަތަ ނޫންކަން ބަޔާންކުރަންވާނެ ކަމަށް އެ މާއްދާގެ 1 ވަނަ ނަންބަރުގައި ބުނެފައިވެއެވެ. އަދި މައްސަލައިގައި ހެކިބަސް ދޭން ތިބި މީހުންނާއި ތުހުމަތުކުރެވޭ މީހާއާއި ގުޅުން ހުރި މިންވަރާއި ހެކީންނަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލް އޮތް މިންވަރަށް ރިއާޔަތްކުރަންޖެހޭނެ ކަމަށެވެ.



ހައިލަމް ވިދާޅުވީ ފާއިތުވެ ދިޔަ ތިން އަހަރު މިފަދަ މައްސަލައެއްގައި ބަންދުކުރުމަށް ފުލުހުން އެދިފައިނުވާތީ ހަމަހަމަކަން ގާއިމު ކުރުމަށް އަމުރު ނެރެދެވެން ނެތް ކަމަށް ކޯޓުގެ ނިންމުމުގައި އޮތް ނަމަވެސް ޕީޖީއާއި ފުލުހުން ހަމަހަމަކަން ނަގާލާނަމަ އެކަން ބަލަންޖެހޭނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ.

"ފަނޑިޔާރު ބައްލަވަން ވާނީ ހަމައެކަނި ހުށައެޅިފައިވާ ހެކިތަކަށް." ހައިލަމް ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ، ދީބާނާޒް ފަހުމީގެ ނިންމެވުމުގައި ބުނެފައިވަނީ، ކުށުގެ ވެއްޓަށް ފުލުހުން ދިޔައިރު އެތަނުގައި އީސަ ނެތްކަން އެނގޭއިރު، އޭނާ ހައްޔަރުކުރުމަށް އެދި ހުށަހަޅާފައިވާ ކުށްތަކުގެ ތެރޭގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާގައި ހިމެނޭ ކުށެއް ހިމެނިފައިނުވާ ކަމަށެވެ. ގާނޫނު އަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާ އާއި 60 ވަނަ މާއްދާގައި، ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރު ކުރުމުގައި ނުވަތަ ބަންދުގައި ބެހެއްޓޭނެ ސަބަބުތަކުގެ ތެރޭގައި ތަހުގީގުގެ ބޭނުމަށް ބަންދުގައި ބެހެއްޓުން ނުހިމެނޭ ކަމަށް ގާޒީގެ ނިންމެވުމުގައި ބުނެފައިވެއެވެ.

ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ އީސާގެ ކިބައިން ހެއްކަށް ނުފޫޒު ފޯރުވާނެ ކަމަށް ޕީޖީގެ ސިޓީގައި ބަޔާންކޮށްފައި އޮތް އޮތުން ފިޔަވައި އެކަން ދަލާލަތުކޮށްދޭ ނުވަތަ އެ ބުނުމަށް ބާރު ލިބޭ އިތުރު އެއްވެސް އެއްޗެއް ޕީޖީ އަދި ފުލުހުން ވެސް ހުށަހަޅާފައިނުވާ ކަމަށެވެ. އަދި މީގެކުރިން ވޭތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި ވެސް އެފަދަ މައްސަލައެއްގައި މީހަކު ހައްޔަރުކުރުމުގެ އަމުރެއް ހޯދުމަށް ޕީޖީ އޮފީހުން އެދިފައިނުވާކަން ކްރިމިނަލް ކޯޓުގެ ނިންމުމުގައި ވަނީ ފާހަަގަކޮށްފައެވެ.

ކްރިމިނަލް ކޯޓުގެ މި ނިންމުން އިސްތިއުނާފް ކުރުމާއި މެދު އަދި ޕީޖީ އޮފީހުން ވަކިގޮތެއް ނުނިންމައެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ކެސްބެ

22-May-2021

ރޯނު އެދުރު


1

ބިސްބެ

24-May-2021

ކާޓޫނެއް ކުރަހަލާ.



ޓްރެންޑިން