މާލެ ފުރަަބަންދު ކުރުމާއި ގުޅޭގޮތުން ސަރުކާރުން ވަކިގޮތެއް ނިއްމައިފައިނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކް އަޒީޒު މިރޭ ވިދާޅުވެއްޖެއެވެ.

މި މަހުގެ 25 ވާ އަންގާރަ ދުވަހު މާލެ ސަރަހައްދު ފުރަބަންދު ކުރަން ހެލްތު އެމާޖެންސީ އޮަޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށައަޅާފައިވާ ކަމަށް ބައެއް މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީ އަންނަ އަންގާރަ ދުވަހު މާލެ ފުރަބަންދު ކުރަން ކަމަށް ވެސް މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކް އަޒީޒު މިރޭ ވިދާޅުވީ ސަރުކާރުން އެފަދަ ނިއްމުމެއް އަދި ނިއްމާފައިނުވާ ކަމަށެވެ.

އަދި ޓެގް ޓީމާއެކު ކުރަމުންދާ މަޝްވަރާތަކުގައި އެފަދަ މަޝްވަރާއެއް ރައީސަށްވެސް އަރުވާފައިނުވާ ކަމަށް މަބުރޫކް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


6

ކިނބޫ

22-May-2021

ނިންމައިފިއޭ މީހަކު ބުނެފިތަ! ޓެގް ޓީމުން އެދެފިއޭ ކީ. އެނގިއްޖެ?



ޓްރެންޑިން