ޖަމިއްޔަތުލް ސަލަފުގައި އިސްކޮށް ހަރަކާތްތެރިވަވަޑައިގަންނަވާ އަލީ ރަމީޒުގެ ޓްވިޓާ އެކައުންޓް މިއަދު ސަސްޕެންޑްކޮށްފި އެވެ.

ރާއްޖޭގެ ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ އަލީ ރަމީޒުގެ ޓުވީޓާ އެކައުންޓް ސަސްޕެންޑް ކުރި ސަބަބެއް ނޭގެއެވެ. އަލީ ރަމީޒުގެ ޓުވީޓާ އެކައުންޓަކީ 28،000 އަށްވުރެ ގިނަ މީހުން ފޮލޯކުރާ އެކައުންޓެކެވެ.

ނަމަވެސް، މިފަހުން އަލީ ރަމީޒު ވަނީ އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން އެ ގައުމަށް ވަރަށް ބޮޑަށް ފާޑުކިޔައި، ފަލަސްތީނުގެ ދިފާއުގައި ގިނަ ޓްވީޓްތަކެއް ކުރައްވާފައެވެ.

ރާއްޖޭގައި ގިނަ ބަޔެއްގެ މެދުގައި ވަރަޑް މަގުބޫލު ސަހުސިއްޔަތެއް ކަމަށްވާ އަލީ ރަމީޒުގެ އެކައުންޓް ސަސްޕެންޑްކުރި ސަބަބެއް ކަމަށް ޓްވިޓާއިން ބުނެފައިވަނީ ޓްވިޓާ ރޫލްސްތަކާ ހިލާފުވުން ކަމަށެވެ.

މީގެކުރިން ވެސް ބައެއް ދިވެހިންގެ އެކައުންޓްތައް ޓުވީޓާ އިން ވަނީ ސަސްޕެންޑްކޮށް ފިޔަވަޅު އަޅާފައެވެ. ޓްވިޓާއިން ބައެއް ހާލަތްތަކުގައި ރަސްމީ ފަރާތްތަކުން އެފަދަ ކަމެއް ރިޕޯޓްކުރުމުން ވެސް އެކައުންޓް ސަސްޕެންޑް ކުރެއެވެ.

ރާއްޖޭގެ ސަލާމަތީ ބާރުތަކުން މިހާރު ވަނީ ހަރުކަށި ފިކުރުގެ މީހުންނާ ޓެރަރިޒަމަށް ވާގިދޭ ފަރާތްތައް ފާހަގަކޮށް އެފަދަ ފަރާތްތައް ހައްޔަރު ކުރުމަށް އޮޕަރޭޝަނެއް ވެސް ފަށައިފައެވެ.


ކިޔުންތެރިންގެ ހިޔާލު


9

ސިރު

22-May-2021

މާ ލަސް ވެއްޖެ


-1

ސައިފް

22-May-2021

އެމްޑީއެން ގެ ފިކުރު ނޫނީ ހައްތަހާވެސް ހަރުކަށި ފިކުރު ...އެމްޑީއެން ގެ ފިކުރަކީ ނަޝީދު ގެ ފިކުރު.. ލާދީނީ ފިކުރު ފަތުރާ އިސްލީމީ ޝަރީއަތާ ކަނޑައެޅިގެން ފިކުރު ނުވޭ ހަރުކަށި ފިކުރަކައް.. ކީއްބެގެން ތަ?



ޓްރެންޑިން