ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހަންމަދު ނަޝީދު، މޮސްޓާ (މަތީގައި) އަދި މިރޭ އާންމު ކުރެއްވި ރައީސް ނަޝީދުގެ ފޮޓޯ (ބޫހުގައި ބޭނުންކޮށްފައި ވަނީ ފޮޓޯގެ މަތީބައި)
ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހަންމަދު ނަޝީދު، މޮސްޓާ (މަތީގައި) އަދި މިރޭ އާންމު ކުރެއްވި ރައީސް ނަޝީދުގެ ފޮޓޯ (ބޫހުގައި ބޭނުންކޮށްފައި ވަނީ ފޮޓޯގެ މަތީބައި)
ބޮމުގެ ހަމަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދަށް ލިބިވަޑައިގެންނެވި ޒަޚަމްތަށް ދައްކާލުމަށް މިއަދު އާންމުކުރި ފޮޓޯއަކީ "ބަރަހަނާ" ފޮޓޯއެއްގެ ގޮތުގައި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހަންމަދު ނަޝީދު (މޮސްޓާ) ސިފަކުރެއްވުމުން އެފޮޓޯއާއެމު މީސް މީޑިއާގައި ވަރުގަދަ ބަހުސެއް ފެށިއްޖެއެވެ.

މިމަހުގެ ހަވަނަ ދުވަހު އައިޑީއެއް ގޮއްވާލައިގެން ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށްފަހު އެމަނިކުފާނު މިހާރު ވަނީ ޖަރުމަން ވިލާތަށް އިތުރު ފަރުވާއަށް ވަޑައިގެންފައެވެ. ރައީސް ނަޝީދު ޖަރުމަން ވިލާތަށް ވަޑައިގެންނެވިފަހުން އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ޒަޚަމްތައް ދައްކާލުމަށް އެޒަޚަމްތައް ފެންނަ ފޮޓޯތަކެއް ވަނީ އާންމުކުރަށްވާފައެވެ. ބޮމުގެ ހަމަލާގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތަކާއި ގުޅިގެން އޭޑީކޭއިން ކޮށްފައިވާ ސާޖަރީތަކާއި ލިބިވަޑައިގެންފައިވާ ޒަޚަމްތައް އެފޮޓޯތަކުން ހާމަވެއެވެ.



ބޮމުގެ ހަމަލާގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަޚަމްތައް ދައްކުވައިދޭ އިތުރު ފޮޓޯއެއް މިއަދު އަނެއްކާވެސް ވަނީ އާންމުކޮށްފައެވެ. މިފޮޓޯއަށް މީސްމީޑިއާގައި ބައެއް ފަރާތްތަކުގެ ފާޑުކިއުން އަމާޒުވެފައިވަނިކޮށް މުހަންމަދު ނަޝީދު (މޮސްޓާ) ވިދާޅުވީ، އަނިޔާ އަކީ އެއްވެސް ހާލެއްގައި ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އޮއްސިފައިވާ ތަރިއެއްގެ ވިދުން އަލުން ގަދަކޮށް މަގުބޫލްކަން ހޯދުމަށް "ބަރަހަނާ" ފޮޓޯއެއް އާންމުކުރުމަކީ ވަރަށް ލަދުވެތި ކަމެއް ކަމަށް މޮސްޓާ ވިދާޅުވަނީ ވިދާޅުވެފައެވެ.

"މިމީހުން ކޮށްފައި ނުކުރާނެ ކަމެއް ނޯންނަނީ." މޮސްޓާ ވިދާޅުވިއެވެ.

ރައީސް މުހަންމަދު ނަޝީދަކީ ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ކަމުގެ މަގާމު އަދާކުރައްވާފައިވާ އަދި މިހާރު ދައުލަތުގެ އެއްބާރު ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅާ ކަމުގައި ވާތީ އެމަނިކުފާނުގެ އައުރަ ކަޝްފުވާ ފޮޓޯތަކެެއް އާންމުކުރުމުން ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މިއީ ދައުލަތުގެ އިއްްޒަތާ ޝަރަފާ ކަރާމަތަށް އުނިކަން އަންނާނެ ލަދުވެތި ކަމެއް ކަން ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.

މިރޭ އާންމުކުރެއްވި ފޮޓޯ އިން އެމަނިކުފާނުގެ ހަށިކޮޅުގެ ބޮޑުބައެއް ފެންނަން އޮތްއިރު ލިބިވަޑައިގެންފައިވާ އަނިޔާތައް ވަރަށް ސާފުކޮށް ފެނެއެެވެ. މިމައްސަލައިގައި ޚިޔާލުފާޅުކުރަށްވަމުން މަޝްހޫރު ދީނީ ޢިލްމްވެރިޔާ އަލީ ޒައިދުވެސް ވަނީ ކަމެއް ސާބިތު ކުރަންވެސް އައުރަ ނުދެއްކުމަށް ގޮވާލައްވާފައެވެ. ޒައިދު ކުރެއްވި ޓްވީޓެއްގައި ހުރިހާ ބޭފުޅުންވެސް އައުރައަަށް ރައްކާތެރިވުމަށް ވަނީ ގޮވާލައްވާފައެވެ. ޒައިދު ވިދާޅުވީ ޕޮއިންޓެއް ޕްރޫވް ކުރަންވެސް އައުރަ އެންމެނަށް ހާމަކުރުމަކީ ރަނގަޅު ކަމެއް ނޫންކަމަށެވެ.

މޮސްޓާ އެ ފޮޓޯއަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓާގުޅުވައިގެން ބައެއް މީހުން އޭނާއަށް ފާޑުކިޔާފައި ވާއިރު އަނެއް ބަޔަކު ވަނީ އޭނާއަށް ތާއީދުވެސް ކޮށްފައެވެ. އެގޮތުން ރައީސް ނަޝީދުގެ ބައެއް ސަޕޯޓަރުން ބުނެފައި ވަނީ އެއީ ބަރަހަނާ ފޮޓޯއެއް ނޫން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން