މ. އެންދެރިކުރި ގޭގެ ފަސްވަނަ ފަންގިފިލާއިން މީހަކު ވެއްޓިއްޖެއެެވެ.

ފުލުހުން ބުނީ މާލޭ އިތާ ގޯޅީގައި ވެއްޓިފައި އޮތް މީހަކު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ. އޭނާ ވެއްޓިފައި އޮތް ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ދާ ކަމަށާއި އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިރޭ 1:00 ގައި ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

އެންދެރި ކުރި، ގެއަކީ ރައީސް މައުމޫން ދިރިއުޅުއްވާ ގެއާއި ޖެހިގެން ހުންނަ ގެއެވެ. އެނގިފައިވާގޮތުގައި އެހާދިސާ ހިނގާފައިވަނީ، ރައީސް މައުމޫން ދިރިއުޅުއްވާ އެންދެރިމާގެ ކައިރީގައި ފޯރިމަރާ ސިފައިންގެ ޑިއުޓީ ބަދަލުވި ވަގުތުގައެވެ. ވެއްޓުނު މީހާ ހޮސްޕިޓަލަށް ގެންދިޔައީ އެމްއެންޑީއެފްގެ ވެހިކަލެއްގައި ސިފައިންނެވެ.

ރޭ ހުޅުމާލޭގައި ގެއެއްގެ ތިންވަނަ ފަންގިފިލާއިން ވެއްޓުނު މީހަކަށް ވެސް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން