ފުލުހުންގެ ބަންދުން ދޫކޮށްލި ކޯވިޑަށް ޕޮޒިޓިވްވެފައިވާ 2 މީހަކު ކޯވިޑް ފެސިލިޓީއަށް ގެންދަނިކޮށް ފިލައިފިއެވެ.

ފުލުހުން ބުނީ ފުލުހުންގެ ބަންދުން ދޫކޮށްލި އިރު ކޮވިޑަށް ޕޮސިޓިވްވެފައިވާތީ 2 މީހަކު އެޗްޕީއޭއާ ހަވާލު ކުރިފަހުން ފިލާފައިވާކަމަށެވެ. އަދި އެމީހުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށްވެސް ފުލުހުން ބުންޏެވެ.

މި ދެ މީހުން ފިލުމުން ސޯޝަލް މީޑިއާގައި ފުރަތަމަ ހަބަރު ފެތުރުނީ 2 ގައިދީއަކު ފިލިކަމަށް ބުނެއެވެ. ނަމަވެސް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވަނީ އެ ވާޙަކަތައް ދޮގުކޮށްފައެވެ.



ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވިދާޅުވީ ޖަލުން ގައިދީންތަކެއް ފިލިކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއްކަމަށެވެ. އަދި ކަރެކްޝަންގެ ބެލުމުގެ ދަށުގައި ހުރި އެއްވެސް ގައިދީއަކު ފިލާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ޖަލުން ގައިދީން ފިލުމަކީ އާއްމުކޮށް ހިނގާކަމެއް ނޫނެވެ. ނަމަވެސް ބޭސް ފަރުވާއަށް ހޮސްޕިޓަލަށް ނުވަތަ އެހެން ތަނަކަށް ގެންދާ ވަގުތުތަކުގައި މިފަދަ ކަންކަން ކޮންމެވެސް ވަރަކަށް ދިމާވެފައި އެބަހުއްޓެވެ. ނަމަވެސް އެގޮތަށް ފިލާ ގައިދީންވެސް މާގިނަ އިރުތަކެއް ނުވަނީސް ކަރެކްޝަނާއި ފުލުހުން ގުޅިގެން ހޯދައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން