މާލެ ސިޓީގެ މަގުތައް ދޮވެ، ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މިމަސައްކަތް ފެށުމަށް މަސް މާރުކޭޓު ސަރަޙައްދުގައި އޮތް ރަސްމިއްޔާތުގައި މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލެ ސިޓީގެ މަގުތައް ދޮވެ، ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތަކީ ހެލްތު މިިނިސްޓްރީއާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެވެސް އެދިވަޑައިގަތުމުގެ މަތިން ކުރާ ކަމެއް ކަމަށެވެ.

މުއިއްޒު ވިދާޅުވީ މަގުތައް ދޮވެ، ޑިސް އިންފެކްޓްކުރާއިރު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އެންމެ ގިނަ މީހުން ބޭނުންކުރާ، އަދި އެއްވެ އުޅޭ ހިސާބުތައް ސާފުކުރުމަށްކަމަށެވެ. އެގޮތުން މަސްމާރުކޭޓު ސަރަހައްދަކީ މިގޮތަށް ސާފުކުރާ ފުރަތަމަ ސަރަޙައްދުކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މިމަސައްކަތުގެ ދަށުން މާރުކޭޓުތަކުގެ އިތުރުން، ފެރީ ޓާމިނަލްތަކާއި އައިޖީއެމްއެޗް ހުންނަ ކަނބާ އައިސާރަނި ހިނގުންވެސް އެންމެ ފުރަތަމަ ސާފުކުރާ ތަންތަނުގެ ތެރޭހައި ހިމެނޭކަމަށެވެ.



މުއިއްޒު ވިދާޅުވީ މާލެ ސިޓީގެ މަގުތައް ދޮވެ، ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތަށް ސަރުކާރާއި ހެލްތު މިނިސްޓްރީގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިވަޑައިގަންނަވާކަމަށެވެ.

މާލެ ސިޓީގެ މަގުތައް ދޮވެ، ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން މިއަދު ފެށިއިރު، މާލޭގެ އިތުރުން ހުޅުމާލެ އާއި ވިލިމާލޭގެ މަގުތައްވެސް ސާފުކުރަން ސިޓީ ކައުންސިލުން ވަނީ ނިންމައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން