ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީކުރާ ވައިގެ ބަނދަރުގެ ރަންވޭއާއި ޓާރނިންގ ޕެޑްގެ ސަބްގްރޭޑް މަސައްކަތްތައް ނިމިއްޖެއެވެ.

މި މަޝްރޫޢުގެ ދަށުން، 1200 މީޓަރުގެ ރަންވޭއަކާއި، ޓެކްސީވޭ އަކާއި، އޭޕްރަންއަކާއި ސަރވިސް ރޯޑު އިމާރާތް ކުރުން ހިމެނެއެވެ. މި މަޝްރޫޢަކީ 144.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.



ފަރެސްމާތޮޑާ އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ޖެނުއަރީމަހު ފަށާފައިވާއިރު ނޮވެމްބަރުމަހުގެ 11 ވަނަ ދުވަހުގެ ކުރިން އެމަސައްކަތް ނިންމާލުމަށް އެމްޓީސީސީން ވަނީ އަމާޒު ހިފާފައެވެ.

މި އެއަރޕޯޓް ތަރައްޤީކުރަނީ ކައިރީގައި ހުރި ކުދި ރަށްތަކެއް ހިއްކައިގެންނެވެ. އެއީ 19.9 ހެކްޓަރުގެ ބިމުގެ ސަރަޙައްދެކެވެ. ބިން ހިއްކުމުގެ މަސައްކަތް 2019 ވަނަ އަހަރު ނިންމި ނަމަވެސް، ދިގު މުއްދަތެއްވަންދެން އެއަރޕޯޓްގެ ޢަމަލީ މަސައްކަތް އޮތީ ނުފެށިއެވެ. އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުއެވެ.

ފަރެސްމާތޮޑާއަކީ އާބާދީގައި 1700 އަށްވުރެ ގިނަ މީހުން ހިމެނޭ ރަށެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން