އެންސީޓީސީގެ ޑިރެކްޓަރު ޖެނެރަލް ބްރިގޭޑިއާ ޒަކަރިއްޔާ މަންސޫރު
އެންސީޓީސީގެ ޑިރެކްޓަރު ޖެނެރަލް ބްރިގޭޑިއާ ޒަކަރިއްޔާ މަންސޫރު
ރައީސް ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގެ ތަހުޤީގުގައި ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށް އެލެކްސް އަހުމަދު ތުހުމަތުކޮށްފިއެވެ.

ރައީސް ނަޝީދު ގެންގުޅުއްވާކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ "އެލެކްސް އަހުމަދު"ގެ ޓްވިޓަރ އެކައުންޓުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ބޮން ގޮއްވައި، ރައީސް ނަޝީދު މަރަލަން ހިންގި ހާދިސާއަށް ފައިސާ ހަރަދުކުރި މީހުން ހޯދުމުގައި ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު އެއްވެސް ތަފްސީލެއް އެ ޓުވީޓްގައި ހިއްސާކޮށްފައެއް ނުވެއެވެ.



ރައީސް ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގެ ތަހުޤީގުގައި ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން އެކަށިގެންވާ މަސައްކަތެއް ނުކުރާކަމަށް ތުހުމަތުކޮށްފައިވާއިރު، އެލެކްސް އަހުމަދުގެ ޓްވީޓަރ އެކައުންޓުން މީގެކުރިން ކުރި ޓްވީޓްތަކުގައި ބޮމުގެ ހަމަލާއަށް ޚަރަދުކުރި މީހުން ހޯދުމަށްވެސް ގޮވާލާފައިވެއެވެ.



ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އިތުރު ފަރުވާއަށް އެމަނިކުފާނު މިވަގުތު ހުންނެވީ ޖަރުމަންވިލާތުގައެވެ. އަދި ފަރުވާއަށްފަހު އެމަނިކުފާނު ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު، މާލެ ވަޑައިގަންނަވާނެ ދުވަހެއް އަދި ނޭނގެއެވެ.

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ތަހުޤީޤް ކުރިއަށްދާއިރު، މިހާތަނަށް 4 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި މިހާދިސާއާއި ގުޅިގެން ރާއްޖޭގައި އަތްފުނާއަޅައިގެން އެފަދަ ހަރުކަށި ފިކުރުގެ ނޫނީ ހައްދުފަހަނައަޅާފައިވާ މީހުން ހޯދުމަށް ފުލުހުން ކުރާ މަސައްކަތްތައް ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން