ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއަކީ އެމަނިކުފާނު ދައުވަތު ދެއްވައިގެން ދިން ހަމަލާއެއް ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ތުހުމަތު ކުރަށްވައިފި އެވެ.

މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރެއްވި އަލްހާން ފަހުމީ ވިދާޅުވީ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއަކީ އެމަނިކުފާނު ދައުވަތު ދެއްވައިގެން ދިން ހަމަލާއެއް ކަމަށެވެ. އެކަމަކީ ހައްދުފަހަނައަޅާފައިވާ ބަޔަކު ތިބިކަން އެނގިވަޑައިގެން އެމީހުން ރުޅި އަރުވައިގެން ދީނީ ނުކިއްސަރު ވާހަކަ ދައްކުވައިގެން ރައީސް ނަޝީދު ކުރުވި ކަމެއް ކަމަށް އަލްޚާން ވިދާޅުވިއެވެ.

"ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރެރިސްޓް ހަމަލާ އަކީ އެހަމަލާއަށް އެމަނިކުފާނު ދައުވަތު ދިން ހަމަލާއެއް! ހައްދު ފަހަނައަޅާފައިވާ ބަޔަކު ތިބިކަން އެނގި، އެމީހުން ރުޅިއަރުވައިގެން، ދީނީ ގޮތުން ނުކިއްސަރު ވާހަކަ ދައްކަވައިގެން ކުރުވިކަމެއް." އަލްހާން ވިދާޅުވެފައި ވެއެވެ.



ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލ އާއި ގުޅިގެން މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެހަމަލާގެ އަޑީގައި ތިބި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެ އެެވެ. ރައީސް ނަޝީދު މީސް މީޑިއާގައި ބައެއް ކަހަލަ މުއާމަލާތް ކުރެއްވުމަށް ގެންގުޅުއްވާ އައިޑީއެއް ކަމަށްވާ، "އެލެކްސް އަހުމަދު"ގެ ޓުވީޓާ އައިޑީއިން މިއަދު ވަނީ ހަމަލާއަށް ފަންޑުކުރި މީހުން ހޯދުމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން މަސައްކަތް ނުކުރާ ކަމަށް ތުހުމަތުކޮށްފައެވެ.

ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް ޖަރުމަންވިލާތުގައި މިހާރު ހުންނެވި ރައީސް ނަޝީދު ފަރުވާ އަށްފަހު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.


ކިޔުންތެރިންގެ ހިޔާލު


17

ޢަލީ ސަޢީދު

24-May-2021

މިޒާތިގެވާހަކަދައްކާމީހުންހިފާހައްޔަރުކުރަންޖެހޭ މީގެކުރިންވެސްފަނޑިޔާރަކައްރިށްވަތުދިންކަމައްމީޑިއާތަކުގައިއަޑުފެތުރުނު ތިޔަ އަޅުހާނު



ޓްރެންޑިން