ކޮވިޑް ސާމްޕަލް ނަގަން އެޗްޕީއޭގެ ރެޕިޑް ރެސްޕޮންސް ޓީމް (އާރުއާރުޓީ) ގެ އޮފިޝަލުން ދިޔުމުން ބިރުން މީހަކު މޫދަށް ފުންމާލައިފިއެވެ.

މިހާދިސާ ހިނގާފައިވަނީ މާލެއަތޮޅު ދިއްފުށީ ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗެއްގެ ތެރޭގައެވެ. މިއީ ކޮންއިރަކު ހިނގި ހާދިސާ އެއްކަމެއް ސާފެއް ނުވެއެވެ. ދިއްފުށީ ފަޅުތެރޭގައި އަޅާފައިވާ އެ ލޯންޗަށް އެޗްޕީއޭގެ ރެޕިޑް ރެސްޕޮންސް ޓީމް އަރާފައިވަނީ ރެންޑަމް ސާމްޕަލް ނެގުމަށެވެ.



އެޗްޕީއޭގެ ސާމްޕަލް ނަގާ ޓީމުގެ އޮފިޝަލުން ފަޅުތެރޭގައި އަޅާފައި އޮތް އެ ލޯންޗަށް ހަމަ އެރުމާއެެކު ލޯންޗުގައި ތިބި މީހުންގެ ތެރެއިން އެކަކު ވަނީ ބިރުން މޫދަށް ފުންމާލާފައެވެ. ޝޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވީޑިއޯ އިން ފެންނަގޮތުގައި ލޯންޗުގައި ހުރި މީހާ ބިރުން މޫދަށް ފުއްމާލުމުން އެޗްޕީއޭގެ ސާމްޕަލް ނަގާ އޮފިޝަލާއި އިތުރު މީހަކު އޭނާ މޫދުން އެރުމަށް އަތުން އިޝާރަތްކުރާ ތަންފެނެއެެވެ. ކޮވިޑް ސާމްޕަލް ނަގަނީ އަގަޔަށާއި ނޭފަތަށް ކަފަބުރެއް ފާޑުގެ އެއްޗެއް ކޮށްޕައިގެން ވަރަށް އަޑިންނެވެ.

ދާދިފަހުން ސާމްޕަލް ނެގިއިރު ތަދުވި ކަމަށް ބުނެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން، ކޮވިޑް-19 ސާމްޕަލް ނެގި މީހާއަށް ހަމަލާ ދިން މައްސަލައެއް ފެންމަތިވެ އެމައްސަލަ ފުލުހުން ތަހުގީގުވެސް ކުރިއެވެ. އަދި އޭނާ ފަހުން އެކަމަށް މައާފަށް ވެސް އެދުނެވެ. މީގެ އިތުރުން ގޮނޑިއެއްގައި ބައިންދައިގެން މީހެއްގެ ސާމްޕަލް ނެގިއިރު ފަހަތަށް ޖެހެމުން ޖެހުމުން ގޮސް ގޮނޑި ހަލާކުވެ މީހަކު ވެއްޓޭތަން ފެންނަ ވީޑިއޯއެއްވެސް ޝޯޝަލް މީޑިޔާގައި މި ދޭތެރެއިން ވައިރަލްވިއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން