ރާއްޖޭގައި ކޮވިިޑްގެ ހާލަތު އެންމެ ނުރައްކާތެރި ހާލަތާއި ކުރިމަތިވެފައިވާއިރު، ރައީސް ސޯލިހާއި ސަރުކާރުގެ އިސްވެރިންވީ ކޮންތާކުތޯ ވިދާޅު އިދިކޮޅު ޕީއެންސީގެ ނާއިބް ރައީސް މުހަންމަދު ސައީދު ސުވާލު ކުރައްވައިފިއެވެ.

މާވަށު ދާއިރާގެ މެމްބަރު މުހަންމަދު ސައީދު ވިދާޅުވީ ކޮވިޑު-19 އާއި އެކު ސިއްހީ ކަންކަން މިހާ ގޯސްވެ އެތައް ބަޔަކު މަރުވެގެންދާއިރު ރައްޔިތުން އިތުބާރު ކުރާ ސަރުކާރުގެ ވަޒީރަކު ކުޑަމިނުން ޕްރެސްއެއްގައި ބައިވެރިވެލަން ޖެހޭ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ހެލްތު މިނިސްޓަރު ނަސީމް ޓެގް ކުރައްވައި ސައީދު އިތުރަށް ވިދާޅުވީ މިވަގުތު ޤައުމު އޮތް ހާލަތު ސާފުކޮށްދީ ރައްޔިތުންނާއި ހިއްސާ ކުރަން ޖެހޭކަމަށެވެ.

ރާއްޖޭގައި ކޮވިޑު-19 އާއި ގުޅިގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި މައުލޫމާތު ދެއްވަނީ ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒެވެ. މައުލޫމާތު ދެއްވަން ހެލްތު މިނިސްޓަރު ނާރުއްވާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރެއެވެ. ރައީސްގެ އަޑުފުޅު ނީވޭތީ ސިޔާސަތު ކަނޑައެޅުމުގެ ޒިންމާ ނަގާމީހަކު ނުފެންނާތީ ގިނަ ބަޔަކު ޝަކުވާ ކުރެއެވެ.

ދުނިޔޭގެ އެހެން ޤައުމުތަކުގައި ކޮވިޑު-19 ގެ ހާލަތާއި ގުޅިގެން ނޫސްވެރިންނާއި ބައްދަލުކޮށް މައުލޫމާތު ދެއްވަނީ ޤައުމަތަކުގެ އިސްވެރިންކަން ފާހަގަކޮށްލެވެއެެވެ. އެހެން ނަމަވެސް ރާއްޖޭގައި ކޮވިޑްގެ ހާލަތު އެންމެ ނުރައްކާވެގެންދިޔައިރު މިގައުމުގައި ހެލްތް މިނިސްޓަރު ވީތަނެއް ނޭގެއެވެ.

މީގެ ކުރިން ރާއްޖޭގައި ކޮވިޑްގެ ކުރީކޮޅު ޕްރެސް ދެއްވުމުގައި ބައިވެރިވެވަޑައިގެންނެވީ ހެލްތް މިނިސްޓަރު އަބުދު ﷲ އަމީނާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. މީގެ ކުރިން އެޗްއީއޯސީގެ ވެރިންނާއި އޮންލައިންކޮށް ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ރައީސް ސޯލިހް ބައްދަލުވުމުން ބާއްވަވައެވެ. އޮންލައިންކޮށް ރައީސްގެ ބައްދަލުވުންތައް މިހާރު އޮންނަ ކަމަށް އަޑުއިވެއެވެ. އެކަމަކު އެއިން ބައްދަލުވުމަކުން ނިންމި ކަމެއް ދެއްވި އިރުޝާދެއް އަޅަން އެންގެވި ފިޔަވަޅެއް މީޑިއާއާ ހަމައަކަށް ނާދެއެވެ. ގައުމުގެ އިގްތިޞާދީ ހާލަތު އޮތް ގޮތެއްް ދާ މިސްރާބެއް ރައްޔިތުން ތިބި ހާލެއް އެމަނިކުވާފަށް އެނގިވަޑައި ގަންނަވަނީ ކިހާވަރަކަށް ކަމެއް ނޭނގެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން