ރ.އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ ތެރެއިން
ރ.އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ ތެރެއިން
ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ ދަށުން، ސަބްގްރޭޑް މަސައްކަތްތަކުގެ 86 އިންސައްތަ ނިމިފައިވާކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

މި މަޝްރޫއު ކުރިޔަށް ގެންދާ އެމްޓީސީސީން ބުނީ އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ ދަށުން، އޭބީސީ ފަށަލަ އެޅުމަށް ހަމަޖެހިފައި ވަނީ 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ކަމަށެވެ. އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ ޑިސެމްބަރު 22 ވަނަ ދުވަހުއެވެ.

އެމްޓީސީސީއިން ބުނީ މި މަޝްރޫޢުގެ ދަށުން، 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެމްޓީސީސީން ބުނިގޮތުގައި އުނގޫފާރުގައި 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްގްރޭޑް މަސައްކަތް ކުރާނެއެވެ. އަދި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނޭކަމަށް އެމްޓީސީސީންއިން ހާމަކުރެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން