މާލެ ސަރަހައްދު ފުރަބަންދުނުކޮށް ފިޔަވަޅުތައް ހަރުކަށި ކުރަން ނިންމާފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކް އަޒީޒު މިއަދު ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، މާލެ ސިޓީ ފުރަބަންދު ހާލަތަކަށް ނުދާނެ ކަމަށާއި، އެހެން ނަމަވެސް އިތުރު ފިޔަވަޅުތައް އެޅުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި އިތުރު ފިޔަވަޅުތަކެއް އެޅުމަށް މިހާދު މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށް މަބުރޫކް ވިދާޅުވިއެވެ.

މަބުރޫކް ވިދާޅުވީ ފިޔަވަޅުތައް އަޅަން ހަމަޖެހިފައި ވަނީ މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

ކޮވިޑްގެ އަދަދުތައް މަދުކުރުމަށް މާލެ ސަރަހައްދުގައި މިހާރުވެސް ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. ދެ ހަފްތާގެ މުއްދަތަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި ހަވީރު 4:00 އިން ފެށިގެން ފަތިހު 4:00 އަށް ބޭރަށް ނުކުމެ އުޅުން ވަނީ މަނާކޮށްފައެވެ. އަދި ކާފިއު ގަޑީގައި ރޭގަނޑު 12:00 އާ ހަމައަށް ފިހާރަރަކުން ޑެލިވަރީގެ ޚިދުމަތް ދެވޭނެ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

މީގެއިތުރުން ރެސްޓޯރަންޓުތަކާއި ކެފޭ އަދި ހޮޓާތަކުން ހަމައެކަނި ޓޭކްއަވޭ އާއި ޑެލިވަރީގެ ޚިދުމަތްދޭ ގޮތަށް ހަމަޖައްސައި އެތަންތަނުގެ އެތެރޭގައި ކެއިން ބުއިމުގެ ޚިދުމަތް ދިނުން ވެސް ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން ސަރުކާރާއި އަމިއްލަ އޮފީސްތަކުގެ މުވައްޒަފުންވެސް ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތަށް ހަމަޖައްސައި އޮފީސްތައް ވަނީ ބަންދުކޮށްފައެވެ. ނަމަވެސް އެ ފިޔަވަޅުތަކާއެކު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތަކަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެެވެ. ދުވަހެއް ދުވަހަކަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެދަދަދު އިތުރުވަމުންދާއިރު ބައެއް ދުވަސް ދުވަހު 1500 އަށް ވުރެ މައްޗަށް އަރައިގެންދެއެވެ. މީގެ އިތުރުން އެވްރެޖްކޮށް ކޮންމެ ދުވަހު 4-5 މީހުން ބަލީގައި މަރުވަމުންދާތާ ހަފުތާ އަކަށް ވުރެ ވަނީ ގިނަވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން