ސަރުކާރު ހިންގުން ހަލުއިކޮށް ހަރުދަނާ ކުރުމަށް ކަމަށް ވިދާޅުވެ އެންމެ ފަހުން ބަދަލު ގެނަސް އަލުން ތަރުތީބުކުރެއްވި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއަށް ރައީސް އިބްރާހީމް ޞާލިޙު ސްޓޭޓް މިނިސްޓަރަކު އައްޔަނު ކުރަށްވައިފިއެވެ.

މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަޤާމަށް ރައީސް ޞާލިހު އައްޔަނު ކުރެއްވީ ހ. ޔެލޯރޯޒް، މުޙައްމަދު ޝަރީފެވެ.

ރައީސް އޮފީހުން ބުނީ މުޙައްމަދު ޝަރީފަކީ، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބާމިންގހަމްގެ އިލެކްޓްރޯނިކް އެންޑް އިލެކްޓްރިކަލް އިންޖިނިއަރިނގް ވިތް މެނޭޖްމަންޓް އިން މާސްޓަރސް އޮފް އިންޖިނިއަރިން ޙާޞިލްކުރައްވައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ.

މި މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން މުޙައްމަދު ޝަރީފު އަދާކުރައްވާފައިވަނީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމެވެ. އަދި މުހައްމަދު ޝަރީފަކީ 2020 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ހިންގާ ބޯޑުގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ބޯޑު ތަމްޞީލުކުރައްވަމުންދާ ބޭފުޅެކެވެ. މީގެ އިތުރުން މުޙައްމަދު ޝަރީފަކީ ވަރަށް ގިނަ މަތީ މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ނެޝަނަލް ސެންޓަރ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ އެން.ސީ.އައި.ޓީގެ ޗީފް އިންފޮމޭޝަން އޮފިސަރގެ މަޤާމާއި ސައިރެކްސް ކޮލެޖުގެ ރެކްޓަރ ގެ މަޤާމުފަދަ މަޤާމުތައް ޝަރީފު ވަނީ ފުރުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން