ރާއްޖޭގައި ކޯވިޑަށް ޓެސްޓް ކުރެވޭ މިންވަރު އިތުރުކުރުމުގެ ގޮތުން ރާއްޖޭގެ 4 ސަރަހައްދެއްގައި ޕީސީއާރު ޓެސްޓު ހެދޭނެ އިންތިޒާމު ހަމަޖައްސަން

ސަރުކާރުންް ނިންމަވައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާލުވީ ޕީސީއާރު ޓެސްޓް ހެދޭނެ އިންތިޒާމް ހަމަޖައްސަން ނިންމާފައިވަނީ ލ. އަތޮޅާއި، ރ. އަތޮޅާއި ގދ. އަތޮޅު އަދި ޅ. އަތޮޅުގައިކަމަށެވެ.

މަބްރޫކް ވިދާޅުވީ އެމަސައްކަތް ފެށުމަށްޓަކައި ތަމްރީންކުރަންޖެހޭ ލެބް ޓެކްނީޝަނުން ތަމްރީނު ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ. އަދި 4 ސަރަހައްދެއްގައި ޕީސީއާރު ޓެސްޓް ހެދޭނެ އިންތިޒާމް ހަމަޖައްސާއިރު، ކޮންމެ ރަށަކުން މަދުވެގެން 300 އެއްހާ ޓެސްޓް ހެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މި 4 ސަރަހައްދުގައި ޕީސީއާރު ޓެސްޓް ހެދެން ފެށޭވަރުވާނޭކަމަށެވެ.

4 ސަރަހައްދުގައި ޕީސީއާރު ޓެސްޓް ހެދޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ފަށާފައިމިވަނީ ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ، ޓެސްޓް ހެދުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ކުރިން 24 ގަޑިއިރު ތެރޭގައި ކޯވިޑް ޓެސްޓްގެ ނަތީޖާ ލިބެމުންދިޔަނަމަވެސް، މިހާރު 4 ނޫނީ 5 ދުވަސްވެސް އެކަމަށް ހޭދަވެއެވެ. އަދި ދުވަހުން ދުވަހަށް އެކަން ނުކުރެވޭތީ ބޮޑު ބެކްލޮގެއް ނުވަތަ ޓެސްޓް ނުހެދި ގިނަ އަދަދެއްގެ ސާމްޕަލް ހުރިކަން މީގެ ކުރިން މަބްރޫކް ފާހަގަ ކުރަށްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން