ދަރުމަވަންތަ ހޮސްޕިޓަލުގެ 18 ވަނަ ފަންގިފިލާ ނުވަތަ ޑީއެޗް 18 ގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ ރޯޔަލް ފެމިލީ ބޭފުޅަކު ކޯވިޑަށް ޕޮޒިޓިވް ވުމުން ޑީއެޗް 18 ކޯވިޑް ވޯޑަކަށް ބަދަލުކޮށް ހަތް ނަރުހުންނާއި ޑޮކަޓަރަކު ޚާއްޞަކޮށްގެން ޚިދުމަތް ދެމުންގެންދާ ކަމަށް ފެތުރެމުންދާ ވާހަކަތަކަށް ޖަވާބެއް ދެއްވެން އޮތީ މައުލޫމާތު ސާފުކޮށްލުމަށް ފަހުގައި ކަމަށް ވިދާޅުވެ ސަރުކާރުން އެކަމަށް ޖަވާބެއް ނުދެއްވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ 18 ވަނަ ފަންގިފިލާގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނީ އަލް އަމީރު މުހައްމަދު ނޫރައްދީނަށް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. މުހައްމަދު ނޫރައްދީނަކީ 1935 އިން 1943 ވަނަ އަހަރަށް ރާއްޖޭގައި ރަސްކަން ކުރެއްވި ހަސަން ނޫރައްދީން އިސްކަންދަރު ދެވަނައިގެ ދަރިކަލުންނެވެ. 1 މެއި 2020 އިން ފެށިގެން މުހައްމަދު ނޫރައްދީން އޮންނެވީ ދަރުމަވަންތަ ހޮސްޕިޓަލުގެ 18 ވަނަ ފަންގިފިލާގައި އެޑްމިޓްކޮށްފައެވެ. އަދި އައިޖީއެމްއެޗުން ނޫރައްދީނަށް ފަރުވާ ދިނުމަށްޓަކާ ޑީއެޗް 18 ކޯވިޑް ވޯޑަކަށް ބަދަލުކޮށް ހަތް ނަރުހުންނާއި ޑޮކްޓަރަކު ހަމަޖައްސާފައިވާ ކަމަށް ވަނީ ކަށަވަރު ވެފައެވެ.

"ރަސް އޮންލައިން"އާއި މައުލޫމާތު ހިއްސާ ކުރެއްވި ސިއްހީ އެހީތެރިއަކު ވިދާޅުވީ ކޯވިޑްގެ ބަލި މީހުން އިތުރުވެ ނަރުހުންނާއި ޑޮކަޓަރުންނަށް ޖެހިފައިވާ މިދަތި ދަނޑިވަޅުގައި ހަތް ނަރުހުން އެކަކަށް ފަރުވާދޭން ޚާއްޞަ ކުރުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށެވެ. މީގެ ސަބަބުން އެތަނުގައި މަސައްކަތް ކުރާ ސިއްހީ އެހީތެރިންނަށް އިތުރަށް ބުރަބޮޑުވެގެންދާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޤައުމު ސިއްހީ މަސައްކަތްތެރިންނަށް ޖެހިފައިވާއިރު، އެންމެ މީހަކަށް ހާއްސަކޮށްގެން އެގޮތަށް ސިއްހީ މަސައްކަތްތެރިން ގެންގުޅެނީ ކޮން އުސޫލަކުންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކް އަޒީޒު އެ ސުވާލަށް ސާފު ޖަވާބެއް ނުދެެއްވައެވެ. މަބުރޫކް ވިދާޅުވީ އެކަމާއިމެދު ވަކިއެއްޗެއް ހާމަކުރެވޭނީ އެމައުލޫމާތު އިތުރަށް ސާފުުކުރެއްވުމަށްފަހުގައި ކަމަށެވެ.

މުހައްމަދު ނޫރައްދީންގެ ދަރިކަލުން އިބްރާހިމް ނޫރައްދީނަކީ އެމްއޭސީއެލްގެ ބޯޑު މެމްބަރެކެވެ. އިބްރާހިމް ނޫރައްދީންގެ ދަރިކަނބަލުން ސަބްރާ ނޫރައްދީނަކީ ރައީސް އޮފީހުގެ ޚާރިޖީ ކަންކަމާބެހޭ ސެކެޓްރީއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހުޅުމާލެ ހޮސްޕިޓަލުގެ ޗީފް އެގްޒެކްޓިވް މާރިޔާ ސަޢީދު ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދަނީ ވަކިން ވީއައިޕީންނަށް ނޫން ކަމަށެވެ. ދަރުމަވަންތަ ހޮސްޕިޓަލުގައި މިހާރު ކޮވިޑް ބައްޔަށް ފަރުވާ ހޯދާ މީހުން ބައިތިއްބަން ބޭނުންކުރާ 16 ވަނަ އަދި 17 ވަނަ ފަންގިފިލާއަކީ ހިލޭ މީހުން ބައިތިއްބާ ތަންތަން ނޫން ކަމަށާއި، އަދި އެތަނުގައި ބަލިމީހުން ތިބެނީ އެތަނުގެ ކޮޓަރިތަކަށް ފައިސާ ދައްކައިގެން ކަމަށް މާރިޔާ ވިދާޅުވިއެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ހުންނަ އައިސީޔޫގައި ފަރުވާދެނީ ބަލީގެ ހާލަތު ބޮޑުވެފައިވާ ފަރާތްތަކަށް އެކަނި ކަން އޭނާ ވަނީ ފާހަގަކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


7

ޅަސޮރު

28-May-2021

މީ ހަމަ ރަގަޅު ހަބަރެއް , ޓްރީޓްޕް ހޮސްޕިޓަލް ކޮވިޑް ފެސިލިޓީއަކަށް ހެދުމުން ތިޔަ ބަލިމީހާ ސިފްޓް ކުރީ , އެދުވަހަށް ފަހު އެ އޮންނަނީ ޑީއެޗްގަ , ސަރުކާރުންވެސް ތެދަށް އާބަސް ބުނެބަލަ ދޯ


7

ކަޅުބިލެތް

28-May-2021

ސިއްހީ ދައިރާއަށް އައި ކުރިއެރުމުގެ ސަބަބުންނެއްނު. ޗޮސް. ސުވާލެއްވެސް އޮތް ކަމެއް ނޫނެއްނު އެއީ.


2

ސުވާލުކުރޭ

24-May-2021

ނޫސް ވެރިން ރަނގަޅަށް ސުވާލުކުރައްވާ, މޮޅު ހޮސްޕިޓަލަށް ބޮޑުންގެ އާއިލާ ގެންދަނީ ކޮން އުސޫލަކުންތޯ, ސަރުކާރުން ޖަވާބު ހޯއްދަވާ, ސަރޫކާރު ޒިންމާ ކޮއްދެއްވާ.. ނޫސް ވެރިންގެ މިކަންކަން ކުރައްވާ, ރޭސިޒަމް ފޮހެން އެބަޖެގޭ



ޓްރެންޑިން