ކޯވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެ، މިބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 126 އަށް އަރައިފިއެވެ.

އެޗްޕީއޭއިން ބުނީ، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު އިރުއޮއްސި 5:45 ހާއިރު ނިޔާވެފައިވާކަމަށެވެ. މިއީ ކޯވިޑް ޖެހިގެން މިއަދު ނިޔާވި 3 ވަނަ މީހާއެވެ.

މިމަހުގެ ތެރޭގައި ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު މިވަނީ 53 އަށް އަރާފައެވެ.

ރާއްޖޭގައި ކޮވިޑް ބަލީގައި މަރުވެފައިވާ ޖުމުލަ 126 މީހުންގެ ތެރޭގައި ހިމެނެނީ 111 ދިވެހިންނާއި 15 ބިދޭސީންނެވެ. ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން