ރާއްޖޭގައި ކޮވިޑް-19 ޖެހިގެން މިއަދު ހަ ވަނަ މީހަކު ނިޔާވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ނިޔާވި ހަވަނަ މީހާއަކީ އުމުރުން 78 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިއާއެކު ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު 129 އަށް ވަނީ އަރާފައެވެ.



އެންމެ ފަހުން ނިޔާވި މީހާ ނިޔާވީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ. އެންމެފަހުން ނިޔާވި މީހާއާއެކު އެ ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށް މިއަދު ނިޔާވި މީހުންގެ އަދަދު ހަޔަކަށް ވަނީ އަރާފައެވެ. މިއަދު ހެނދުނު 8:07 ގައި އެންމެ ފުރަތަމަ ނިޔާވެފައިވަނީ އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެކެވެ. ހެނދުނު 10:49 ގައި އުމުރުން 62 އަހަރުގެ ދިވެހި އަންހެނަކު ވެސް ނިޔާވިއެވެ.

އޭގެ ފަހުން ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން އައި އުމުރުން 80 އަހަރުގެ މީހަކު މިއަދު 5:40 ގައި ވަނީ ނިޔާވެފައެވެ. މިއަދު އިރުއޮއްސި 6:40 ގައި ނިޔާވެފައިވަނީ އުމުރުން 79 އަހަރުގެ ދިވެހި އަންހެނެކެވެ. އަދި މިރޭ 7:53 ގައިވެސް މީހަކު ވަނީ ނިޔާވެފައެވެ. އެއީ 68 އަހަރުގެ ދިވެހި އަންހެނެކެވެ. އޭގެ ފަހުން މިއަދު ނިޔާވީ 78 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވީ މިރޭ 8:12 ގައެވެ.

މިއަދުގެ މިމަރުތަކާއިއެކު ކޮވިޑްގައި ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 129 އަށް އަރާފައެވެ. ބަލި ޖެހޭ މީހުންގެ އަދަދު އިންތިހާއަށް މައްޗަށް އަރާފައިވާއިރު ބަލީގައި މަރުވާ މީހުން ރެކޯޑް އަދަދަކަށް ވަނީ މައްޗަށް ގޮސްފައެވެ. އެގޮތުން މިހިނގާ މެއި މަހުގެ ތެރޭގައި 56 މީހަކު ވަނީ މަރުވެފަ އެވެ. 


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން