ނުރައްކާތެރި އިންފެކްޝަނެއް ކަމަށްވާ މިޔުކޯމައިކޮސިސް ނުވަތަ "ކަޅު ފަންގަސް" އަށް ޝައްކު ކުރެވިގެން ޓެސްޓް ހެދި ދިވެހި މީހާއަށް ޖެހިފައި ވަނީ ކަޅު ފަަންގަސް ނޫންކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބުރޫކް އަޒީޒު ވިދާޅުވެއްޖެއެެވެ.

މަބުރޫކް މިހެން ވިދާޅުވީ ކަޅު ފަންގަސް ޖެހިފައި ހުރިކަމަށް ޝައްކު ކުރެވިގެން ޓެސްޓް ކުރި މީހާގެ ނަތީޖާ އާއި ގުޅޭ މައުލޫމާތު ސަރުކާރުން ހާމަނުކުރާތީ ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ނޫސްވެރިންގެ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައެވެ. ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ "ކަޅު ފަންގަސް" އަށް ޝައްކު ކުރެވިގެން ޓެސްޓް ކުރި މީހާއަށް ކަޅު ފަންގަސް ޖެހިފައި ނެތްކަން ޓެސްޓްގެ ނަތީޖާއިން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

ސިއްހީ ޑޮކުޓަރުން ވިދާޅުވަނީ ހަކުރުބަލި، ކެންސަރު، ބޯންމެރޯހަދާފައި، ސުޓެރޮއިޑްފަދަ ބޭހުން ދިފާޢީނިޒާމު ދަށްކޮށްލާފައިވާނަމަ މިބަލިޖެހުމަށް މަގުފަހިވާ ކަމަށެވެ. ނަމަވެސް މި ޖަރާސީމު ދެނެގަނެވޭނެ ގޮތެއް ރާއްޖޭގައި އަދި އެއް ނެތެވެ. އަދި މިބައްޔަށް ހާއްސަ ބޭހެއް ވެސް ރާއްޖެއަކު ނެތެވެ. މި ބައްޔަކީ ފުރާނަ އަށް ނުރައްކާވާ ވަރުގެ އިންފެކްޝަން އުފެދޭ ބައްޔެއްކަން ދިރާސާތަކުން ހާމަވެއެވެ. މި އިންފެކްޝަންގެ އަސަރު ކުރާ މީހުންގެ 54 އިންސައްތަ މީހުން މަރުވާކަން ފަހުގެ ދިރާސާތަކުން ވަނީ ހާމަވެފައެވެ.

އަވަށްޓެރި އިންޑިއާއިން ކުރިންވެސް ކޮންމެވެސް ވަރަކަށް ފެނިފައިވާ މި ބަލި މިފަހަރު އާންމުވީ ކޯވިޑާއި އެކުގައެވެ. އިންޑިއާގައި ކޮވިޑް ޖެހިފައި ރަނގަޅުވާ މީހުންނަށް މިބަލީގެ އަސަރުކޮށްފައިވާއިރު ބައެއް މީހުން މިބަލީގައި މަރުވެފައިވާކަން އިންޑިއާގެ ޞިއްހީ އިދާރާތަކުން ބުނެއެވެ. އަދި ކަޅު ފަންގަސް ޖެހުނު ގިނަ ބައެއްގެ ގިނަވަންތައް އައިބުވެ ނުކުޅެދޭ ހާކަތަށް ވެސް ބަދަލުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން