ކްރިމިނަލް ކޯޓުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ދައުވާ އުފުލުމަށް ފޮނުވި ހަތް ގަޒިއްޔާ އެ ކޯޓުން ބާތިލްކުރި ގާޒީ އިސްމާއިލް ރަޝީދު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިއްމައިފިއެެވެ.

ޖޭއެސްސީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިމައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު ގާޒީ އިސްމާއިލް މައްސަލާގައި އަމަލުކޮށްފައިވަނީ ނުފޫޒެއް ނެތި މިނިވަންކަމާއި މުސްތަގިއްލުކަމާ އެކުގައި ކަމަށް ފާހަގަ ނުވާ ކަމަށެވެ. އަދީބުގެ މައްޗަށް ދައުވާ އުފުލުމަށް ފޮނުވި ހަތް ގަޒިއްޔާ އެ ކޯޓުން ބާތިލްކުރި ނިންމުން އޮތީ، އެ މައްސަލަތަކުގައި ދައުވާ ހުށަހެޅުމުގެ ކުރިން ލިޔަން ފަށައި ގާޒީ އިސްމާއިލް ރަޝީދުގެ ޕެންޑްރައިވެއްގައި ސޭވްކޮށްފައި ކަމަށް ޖޭއެސްސީއިން ނެރުނު ބަޔާނުގައިވެއެެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާގެ މައްސަލާގައި ގާޒީ އިސްމާއީލް ރަޝީދު އަމަލުކޮށްފައިވަނީ ޖިނާއީ އިޖްރާތުގެ ގާނޫނުގެ 13 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އިޖްރާއަތްތަކާއި ފާޅުކަން ބޮޑު ގޮތެއްގައި ފަރުވާލެއް ނެތި ކަނޑައެޅިގެން ހިލާފަށް ކަމަށް ޖޭއެސްސީއިން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ. އެހެންކަމުން އޭނާ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން މިހާރު ނިންމާފައިވާ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

އަދީބުގެ މައްސަލަތައް ބާތިލު ކުރުމުން ޕީޖީން އަލުން އެމައްސަލަތައް ކޯޓަށް ހުށައަޅައިގެން ޝަރީޢަތްކޮށް އަދީބަށް ވަނީ ހުކުމް ވެސް އިއްވާފައެވެ. އަދި އޭނާ މިހާރު ގެންދަވަނީ އެ ހުކުމްތައް ތަންފީޒު ކުރައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން