ރާއްޖޭގެ މިހާރު ކޮވިޑް ހާލަތާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް، ހެލްތު މިނިސްޓަރު އަހްމަދު ނަސީމާ ސުވާލު ކުރެއްވުމަށް އެދިވަޑައިގެންފި އެވެ.

ހަލުވިކަމާއެކު ރާއްޖޭގައި ކޯވިޑް ފެތުރެމުން އަންނާތީ ހާލަތާގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް މަޖިލީހަށް ހުށަހެޅުއްވި މައްސަލައާ ބެހޭގޮތުން ހައިތަމް ވިދާޅުވީ މިވަގުތު ރާއްޖޭގައި ބައްޔަށް ފަރުވާ ދިނުމަށް ތިބީ ކިތައް ސިއްހީ ހިދުމަތްތެރިންތޯއާއި ބާކީ ހުރި އެނދުގެ ތަފްސީލްތަކުގެ މައުލޫމާތު ހޯދުމަށް އޭނާ އެދިވަޑައިގެންފައިވާ ކަމަށެވެ.





އަދި މިވަގުތު ރާއްޖޭގައި ހުރި ވެންޓިލޭޓަރުގެ އަދަދާއި އޮކްސިޖަން ސަޕްލައިގެ ތަފްސީލްތަކާއި މީގެއިތުރުން މެޑިކަލް ސަޕްލައިގެ ތަފްސީލްތައް ހޯދުމަށްވެސް ޚައިތަމް ވަނީ ހުށައަޅުއްވާފައެެވެ. މިސުވާލުތަކުގެ ޖަވާބު ލިޔުމުން ދެއްވުމަށް ހައިތަމް ވަނީ އެދިވަޑައިގެންފައެވެ.

މިހިނގާ މެއި މަސް ފެށުނު ފަހުން ކޮވިޑް ޖެހޭ މީހުންގެ އަދަދު ކޮންމެ ދުވަހަކު އުޅެނީ 1000 އިން މަތީގައެވެ. މިމަހު އެކަނިވެސް މިބަލީގައި 50 އަށް ވުރެގިނަ މީހުން ވަނީ މަރުވެފަ އެވެ. ރާއްޖޭގައި މިވަގުތު ބަލިިޖެހިފައި ތިބި 20000 އަށްވުރެ ގިނަމީހުންގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދުވެސް މިހާރު އުޅެނީ 300 އާ ގާތުގައެވެ. 


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން