މިދިޔަ 2 އަހަރުތެރޭގައި ޞިއްހީ ނިޒާމަށް މިސަރުކާރުން ބޮޑު ކުރިއެރުމެއް ގެނެސްދެއްވާފައިވާކަމަށް ބިލެއްދޫ ދާއިރާގެ މެމްބަރު ދޮންބިލެއް އަހުމަދު ހަލީމް ވިދާޅުވެއްޖެއެވެ.

ދޮންބިލެއް ހަލީމް މިހެން ވިދާޅުވީ ރާއްޖޭގައި ކޯވިޑްގެ ހާލަތު ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލައަކަށް ބަހުސްކުރައްވަމުންނެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ހަލީމް ވިދާޅުވީ މިސަރުކާރު ވެރިކަމާއި ހަވާލުވިއިރު ސިއްހީ ދާއިރާ އޮތީ ބޮއްސުންލާފައިކަމަށެވެ. ރާއްޖޭގައި އެކަށީގެންވާ ވަރަށް ހޮސްޕިޓަލްތަކާއި ސިއްހީ ހިދުމަތްތެރިންވެސް ނެތްކަމަށް ހަލީމް ވިދާޅުވިއެވެ.

"މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެމްޑީޕީގެ ސަރުކާރުން ވަނީ ސިއްހީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްފައި. ހިދުމަތްތައް ވަނީ ފުޅާކޮށްފައި، އޭގެ ނަތީޖާ އެބަ ފެނޭ." ހަލީމް ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ ރާއްޖޭގައި ކޯވިޑަށް ބޮޑެތި އަދަދުން ޚަރަދުކުރާއިރު، އެކަމުގެ ނަތީޖާ ނުފެންނަކަމަށް ބައެއް ފަރާތްތަކުން ބުނާކަމަށެވެ. ނަމަވެސް ސަރުކާރުން ކޯވިޑާއި ގުޅިގެން ޚަރަދުކުރަނީ ހަމައެކަނި ސިއްހީ ދާއިރާއަށް ނޫންކަމަށާއި، އެހެން ބައިވަރު ކަންކަމަށްވެސް ސަރުކާރުން ޚަރަދުކުރަމުން ގެންދާކަމަށެވެ.



"ބައެއް ބޭފުޅުން އެބަ ސުވާލު ކުރައްވާ، ލިބުނުހާ ލާރިއަކަށް ކީއްހޭ ކުރީ. އަޅުގަނޑުމެން ހަރަދުކުރީ މުޅި ރާއްޖެއަށް، އެކި ދާއިރާތަކަށް. ހަމައެކަނި ހަރަދުކުރީ ހޮސްޕިޓަލްތަކާއި ބޭސް ފަރުވާއަށް ނޫން. ވިޔަފާރިތައް ހިމާޔަތްކުރުމާއި، އިނާޔަތް ދިނުމަށްވެސް ޚަރަދުކޮށްފައި ވަނީ. އެމަސައްކަތްތަކުގެ ތެރެއިން ސިއްހީ ނިޒާމްވެސް ވަނީ ކުރިއަރުވާފައި. މިވަރަށްވެސް މެނޭޖްކުރެވެމުން މިދަނީ މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތުން." ހަލީމް ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ ކޯވިޑް ފެތުރޭ މިންވަރު ރާއްޖޭގައި އިތުރުވަމުންދާއިރު، މިއީ އެއްވެސް ފަރާތަކާއި ދިމާލަށް އިނގިލި ދިއްކުރަންޖެހޭ ވަގުތެއް ނޫންކަމަށާއި، މިކަމުން ސަލާމަތް ވެވޭނީ ފަރުދީ ޒިންމާވެސް އަދާކޮށްގެންކަމަށެވެ.

ކޯވިޑާއި ގުޅިގެން ސަރުކާރުން ކުރާ މަސައްކަތްތައް ދިފާއު ކުރައްވައި ހަލީމް ވާހަކަދެއްކެވިއިރު، ގިނަ ބަޔަކު ދަނީ މިކަމުގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އެގޮތުން ކޯވިޑަށް ތައްޔާރުވުމަށް ގިނަ ދުވަސްތަކެއް ލިބުނުއިރުވެސް، މިހާހިސާބަށް ކަންކަން ދިޔައީ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުންކަމަށް ގިނަ ބަޔަކު ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު


18

ކަޅުބިލެތް

27-May-2021

ހިކުމަތްތެރިކަމުން ޑޮލަރު ރޭޓު 20 ރުފިޔާއަށް އެރުވި ގޮތަށް ދޯ! ކެކެކެ ކޮންބައެއް ވޯޓު ދީގެން ވައްދާފަ ހުރި ބުރާންޗެއް!


-4

ބިލެތް

28-May-2021

މީއެއްވެސް އެއްޗެއް ދަންނަ ރޑ އެއް ނުން .. ބޮޑު ޕަޕެޓެއް


0

kinboo

28-May-2021

mee buraanchehtha?


-8

ޙުސޭނ

04-Jun-2021

މީހުންގެ ދުލުގަ ހިފާދަމަން އުޅޭ މެންބަރެއް.! ދިވެހި ރައްޔިތުންތިބީ ހޭލާ. ޥާނުވާ އެނގޭ.



ޓްރެންޑިން